ހައިކޯޓުން މާދަމާ ޔާމީނަށް ހުކުމް އިއްވަނީ

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއުގެ އިތުރުން، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލަ މާދަމާ ހައިކޯޓުން ނިންމަން ތާވަލުކޮށްފި އެވެ.
އާރަށު މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ޑިސެމްބަރު 25، 2022 ގަ އެވެ. މި މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނީ ނޮވެމްބަރު 21، 2023 ގައެވެ. ހައިކޯޓުން މިއަދު ބުނީ މާދަމާ މެންދުރު މި މައްސަލައިގެ ހުކުމް އިއްވާ އަޑުއެހުން ތާވަލުކޮށްފައިވާ ކަމަށެވެ.ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއުގެ އިތުރުން، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ޔާމީން ޖަލަށްލާން ހުކުމް ކުރުމުން ފުރަތަމަ ހުކުމް ތަންފީޒު ކުރެއްވީ މާފުށީ ޖަލުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ހައިކޯޓުން މި މައްސަލައިގައި ހުކުމް ކުރުން ލަސްވުމުން އެމަނިކުފާނާއި ވަކީލުން ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ