ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މިއަދު ކަރަންޓު ކެނޑިއްޖެއެވެ.
ވީއައިއޭއިން ކަރަންޓު ކެނޑުނީ މިއަދުގެ ވަގުތެއްގައި ކަމަށްވީ ނަމަވެސް ކަރަންޓު ކެނޑުނުތާ ކިހާ ވަގުތެއް ފާއިތުވެފައިވާކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ވީއައިއޭ ގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތްވެސް އެކުންފުނިން މިހާރު ވަނީ ފަށާފައިކަަމަށެވެ.
އެ ޕޯސްޓްގައި އެމްއޭސީއެލް އިން ވަނީ މިކަމުގެ ސަބަބުން އާންމުންނަށް ކުރިމަތިވެދާނެ ދަތިކަމަށް އެ ފަރާތުން މައާފަށް އެދިފައެވެ.
ވީއައިއޭ އަށް މިމއްސަލަ ދިމާވާން މެދުވެރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ވީއައިއޭ އިން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ