24 ގަޑިއިރުތެރޭ ފަލަސްތީނުން 51 މީހުން މަރާލައިފި

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާއިން މަރާލި މީހުންގެ އަދަދު ވަނީ 34،356 އަށް އަރާފަ އެވެ.
އިޒްރޭލު ސިފައިން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިދިއަ 24 ގަޑިއިރުގެ ތެރޭ ފަލަސްތީނުގެ 51 މީހުން މަރާލައިފި އެވެ.
ގާޒާގެ ސިއްހަތާބެހޭ މިނިސްޓަރީން ބުނި ގޮތުގައި އިއްޔެ އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި 51 މީހަކު މަރާލާފައިވާއިރު 75 މީހުން ޒަހަމް ވެފައިވާ ކަމަށެވެ. އަދި ބުނީ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރާ ޖަމާއަތްތަކާއި ވަކި ވަކި މީހުނާއި އެމްބިއުލާންސް ތަކަށް އިޒުރޭލު ސިފައިން ހުރަސް އަޅަމުން ދާތީ އެތައް ބަޔަކު އަދިވެސް އިމާރާތްތަކުގެ ބައިތަކާއި ސުންނާފަތިކޮށްފައިވާ މަގުތަކުގައި ތާށިވެފައި އެބަތިބި ކަމަށެވެ.ގާޒާގެ އައްޝިފާ ހޮސްޕިޓަލުގައި ވެސް ގިނަ އަދަދެއްގެ ތުއްތު ކުދިން ވަނީ ޝަހީދުވެފައެވެ. ހައިކަމުގައި ޝަހީދުވި ކުދިންގެ އަދަދު ވަނީ 30 އާއި ގާތްކޮށްފައެވެ.މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާއިން މަރާލި މީހުންގެ އަދަދު ވަނީ 34،356 އަށް އަރާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ