ދުނިޔޭގެ ފުޓްސަލް ރޭންކިންގަ ރާއްޖެއަށް 110 ވަނަ، ދެކުނު އޭޝިއާގެ އެއްވަނަ

ފީފާއިން ފުރަތަމަ ފަހަރަށް ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖޭގެ ފިރިހެން ގައުމީ ޓީމަށް ދުނިޔޭގެ ރޭންކިންގެ 110 ވަނަ ލިބުނުއިރު، ދެކުނު އޭޝިއާ ސަރަހައްދުން އެއްވަނަ ލިބިއްޖެ އެވެ.
މި ރޭންކިންގައި ދެކުނު އޭޝިއާގެ ތިން ޤައުމެއް ހިމެނުނެވެ. އަދި އަލަށް އެކުލަވާލި މި ރޭންކިންގައި ދުނިޔޭގެ 139 ގައުމު ހިމެނެއެވެ. ރާއްޖޭގެ ފިރިހެން ގައުމީ ފުޓްސަލް ޓީމު، ހިމެނެނީ 110 ގައެވެ. އެއީ އޭޝިއާ އަށް ބަލާއިރު، 27 ވަނައެވެ.
ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއާ ޖެހިގެން ދެން އޮތީ ނޭޕާލެވެ. އެއީ ދުނިޔޭގެ ރޭންކިންގެ 121 ވަނައެވެ. ދެން އޮތީ އިންޑިއާއެވެ. އޮތީ 135 ވަަނައެވެ. މި ސަރަހައްދުން އިތުރު ގައުމެއް ރޭންކު ނުކުރެއެވެ.
ދުނިޔޭގެ 110 ވަނައިގަ ރާއްޖެ ރޭންކު ކުރުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ވޭދުވެދިޔަ ދެތިން އަހަރު އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ނެރެފައިވާ ނަތީޖާތަކާއެކު އެވެ.
ރާއްޖޭން އޭޝިއާގެ ކޮލިފައިން މެޗުތަކުގައި ސްކޯ އިން ހޯދި ކުރިއެރުމާއި އެހެނިހެން ކަންކަމަށް ބަލާފައި، ނެގި ކޯއެފިޝެންޓް ރޭންކިން ޕޮއިންޓްސް އަށް ބަލާއިރު ތަފާތު ދައްކާފައިވެ އެެވެ. ޖުމްލަ ޕޮއިންޓްގެ ގޮތުގައި، ރާއްޖެ އަށް ވަނީ 905.56 ޕޮއިންޓް ލިބިފަ އެވެ.
ރޭންކިން ކަނޑައެޅިފައި އޮތްގޮތަށް ބަލާއިރު، ދުނިޔޭގެ ފުޓްސަލް އެއް ވަނައިގައި އޮތީ ބްރެޒިލް އެވެ. ދެ ވަނައިގައި ޕޯޗުގަލް އޮތްއިރު، ތިން ވަނައިގައި އޮތީ ސްޕެއިންއެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ