ނާޒިލްގެ ކެމްޕެއިން ޓީމުގެ މެމްބަރުންނަށް 30 އުމުރާ ދަތުރު ދެނީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ނާޒިލް އަށް! ހިތަދޫ ދެކުނު ދާއިރާ އޮތީ ބަދަހިކޮށް- މެމްބަރު ނިޒާރު “އެންމެން އެކުގައި” ސްލޯގަން އާއެކު ހިތަދޫ ދެކުނު ދާއިރާ ތަރައްގީކުރުމަށް ނާޒިލ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގުރެންސް ކޯލިޝަންގެ ޕްރައިމަރީގައި އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ އަޙްސަން ފަރީދު ގެ ނަން އަބުރާ ގެންގޮސް އެދާޢިރާއަށް ވާދަކުރައްވާ މުޙައްމަދު ސިޔާމް އަށް ތާއީދުކުރެއްވުމަށް ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.
އަޙްސަން ވަނީ ނަން އަނބުރައި ގެންދަން ބޭނުންވާކަން ޕާޓީއަށް ރަސްމީކޮށް ސިޓީއަކުން އަންގަވާފައެވެ.
މި ސިޓީގައި އަޙްސަން ވިދާޅުވީ އޭނާ އެގޮތަށް ނިންމީ ސިޔާމް އަށް ފުރުސަތު ދިނުމަށް ބޭނުންވާތީ އާއެކު ޕާޓީގެ މަސްލަޙަތަށް ފަރުވާތެރިކަމާއެކު ވިސްނަވާފައި ކަމަށެވެ. ހަމަ އެއާއެކު 2024 ވަނަ އަހަރުގެ ޕީއެންސީގެ ފަރާތުން މަޖިލިސް ތަމްސީލް ކުރުމުގައި ދާއިރާއާއި އަދި ޕާޓީ އަށް ވަފާތެރިކަމާއެކު ބޭނުންވާ ލީޑަރޝިޕާއި ސިފަތަކާއި އެ ތަސައްވުރު ސިޔާމްގެ ކިބައިގައި ހުރުމާއެކުގައި ކަމަށް އަޙްސަން ވަނީ ސިޓީގައި ބުނެފައެވެ.
ހިތަދޫ ދެކުނު ދާއިރާއަށް ޕްރައިމަރީގައި ވާދަކުރައްވަވާ ސިޔާމް އަކީ ސިޔާސީ ދާއިރާގެ ލީޑަރޝިޕްގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. މީގެ އިތުރުން ސިޔާމް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސީފުޑް ވިޔަފާރި ކުރައްވަވަމުން އަންނަ ޒުވާން ވިޔަފާރިވެރިއެކެވެ.
ސިޔާމް ވިދާޅުވީ މަޖިލިހުގައި އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވަން ބޭނުންވީ އެއީ ސިޔާމްގެ ބައްޕަގެ ރަށް ކަމަށް ވެފައި އަދި ކުޑައިރު އެތަނުގައި ދިރިއުޅުނު އިރު ހުރި ޙާލަތުގައި އަދިވެސް އައްޑޫ އޮތްތަން ފެނި އައްޑޫއަށް ބޭނުންވާ ކުރިއެރުމާއި ތަރައްގީ ހޯދައިދެއްވުމުގެ ނިޔަތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ