ފުވައްމުލަކުގެ ކަރަންޓު މައްސަލައަށް 12 ދުވަސް: ފެނަކައިން ދެއްކީ ކުރީ ސަރުކާރުގެ ދޯހަޅިކަން މާއުނގޫދޫ ބަނދަރުގެ 53 އިންސައްތަ ނިމިއްޖެ މަސީއިން ރައީސް މުޢިއްޒުއަށް “ބޮޑު ރަސްގެފާނުގެ ލަޤަބް އަރުވައިފި ދިވެހި ގައުމިއްޔަތު އިޢާދަކުރުމަށްޓަކައި ތިން އެޖެންސ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަށް މިއަދު ހަވީރު ވަޑައިގެން އެރަށުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި މަސައްކަތް އިފްތިތާޙުކުރުމުގެ ގޮތުން މިކަމަށް ހާއްސަކޮށް ފުވައްމުލައް ސިޓީގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދުއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ ގާތްގަނޑަކަށް 12.7 ކިލޯމީޓަރުގެ ސަރަހައްދެއް ކަމުގައިވާ އެސިޓީގެ ޖުމުލަ 50 މަގެއް ތާރު އަޅައި ތަރައްޤީކުރެވޭނެއެވެ. އެގޮތުން މި މަޝްރޫޢަށް ޖުމުލަ 225 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ތެރޭގައި މަގުތަކުގައި ތާރު އަޅައި ތަރައްޤީ ކުރުމުގެ އިތުރުން މަސައްކަތުގެ ތެރޭގައި ފެން ހިންދާ ނިޒާމުވެސް ޤާއިމްކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.
ސިޓީތަކުގެ މަގުތައް ހެދުމަށް ސަރުކާރުން ވެޑައިގެންފައިވާ ވަޢުދުގެ ދަށުން، މިއަދު އިފްތިތާޙް ކުރެވިގެން މިދިޔަ މަޝްރޫޢަކީ ސިޓީއެއްގައި މިސަރުކާރުން ފަށާ މިފަދަ ފުރަތަމަ މަޝްރޫޢުއެވެ. ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތުގެ ފުރަަތަމަ ފިޔަވަހީގެ މަސައްކަތް 2022 ވަނަ އަހަރު ވަނީ ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ