ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ޔޫބޯއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތަށް ވަޒީރު އިރުތިޝާމު ޝުކުރު އަދާކުރެއްވިއެވެ.
މިއީ ވަޒީރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކުރައްވަމުން، ވަޒީރު އިރުތިޝާމް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެކަމަށެވެ. މީގެ އިތުރުން، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޔުނާން ޕްރޮވިންސުން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދަވާ އެހީތެރިކަމަށް ވަޒީރު އިރުތިޝާމު ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ އިތުރުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ވެދެއްވާ އެހީތެރިކަމަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ. އަދި ޔުނާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ފުޅާކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫޤާއި ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޚާރިޖީ ވަޒީރު ޔުނާން ޕްރޮވިންސްގެ ގަވަރުނަރާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ