ރާއްޖެ އާއި ނެދަލޭންޑްސްގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި އެވެ.
ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައި ވަނީ ނެދަލޭންސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ވެއިބެ ޖޭކޮބް ޑި ބޮއާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސަފީރު ވެއިބެ ޖޭކޮބް ޑި ބޮއާއަށް ތަހުނިޔާ ވިދާޅުވެ ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި މަރުހަބާ ދަންނަވާފަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ދެގައުމަށްވެސް މުހިންމު ދާއިރާތައް ކަމުގައިވާ، އުމްރާނީ ތަރައްގީ އާއި މޫސުމީ ބަދަލުތައް އަދި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ރާއްޖެއާއި ނެދަލެންޑްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 3 ސެޕްޓެންބަރ 1979ގަ އެވެ.
ރާއްޖެއާއި ނެދަލޭންޑްސްގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ