ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމާލައިފި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓިކްސް ޓްރެކުގައި ކުރިއަށް ދިޔަ މި މުބާރާތުގައި 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިން ހިމެނޭހެން ޖުމްލަ 90 ކުދިން ބައިވެރިވެފައިވެއެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ދެ އުމުރުފުރާއަކަށް ބަހާލައިގެން، (12 އަހަރުން ދަށާއި 12 އަހަރުން މަތި،) ކުރިއަށް ގެންދިޔަ މި މުބާރާތުގައި 50 މީޓަރު ދުވުން، 80 މީޓަރު ދުވުން، 100 މީޓަރު ދުވުން، 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުގެ އިތުރުން ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕު ހިމެނެއެވެ. މިއީ އެސް-އޯ މޯލްޑިވްސްއިން އެތުލެޓިކްސް މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސް-އޯ މޯލްޑިވްސް ވަނީ މި އަހަރު މުބާރާތުގެ ފެންވަރު މަތިކޮށް މުބާރާތުގެ ނަން ވެސް "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓިޝަން" އަށް ބަދަކު ކޮށްފައެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް "ފަސްޓް ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓިޝަން މިހެން ލިޔެފައި އޮންނާތީ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ، ވަރަށް ކޯލް ވެސް އައި، ފާއިތުވި ދެ އަހަރަށް ބަލާ، މި އަހަރުގެ މުބާރާތުގެ ފެންވަރު ހައިކޮށް، ކުރިއަށް އޮތް ތަނުގައި ނޭޝަނަލް ކޮންމެޓިޝަން ގެންދާ ފެންވަރުގައި ދެން އެސް-އޯ މޯލްޑިވްސް އެތުލެޓިކްސް މުބާރާތްތައް ދާނީ އެހެން މިއަހަރުން ފެށީގެން އެ ލެވެލްގައި ގެންދާނެތީ ފަސްޓް ޖަހާފައި އެއޮތީ،" ޗެއާޕާސަން އިބްރާހީމް ރަމީޒް ވިދާޅުވިއެވެ. "މިކަން އަޅުގަނޑު ފާހަގަ ކުރަނީ ވަރަށް ބޮޑު ކާމިޔާބީއެއްގޮތުގަ، އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތެރެއިން ވެސް ގިނަ ކުދިންތަކެއް ބައިވެރި ކުރުވުން، މިއަހަރު ވެސް ބައެއް ރަށްރަށުން ރިކުއެސްޓް އައި ނަމަވެސް މާލއ އައުމާ ހުރިމާ ކެއުމާ އެހެނިހެން ޚަރަދުގެ ބޮޑުކަމުން އެކުދިންނަށް ބައިވެރި ނުވެވުނީ،" ޗެއާޕާސަން އިބްރާހީމް ރަމީޒް ވިދާޅުވިއެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި މެޑަލް ދިނުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާޠިމަތު މުޙައްމަދެވެ. މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝްންގެ ރައީސް މުސްޠަފާ މުޙައްމަދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެޑިރެކްޓަރ އަލްފާޟިލާ އަދީލާ ރުސްދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސޯސިއޭޝަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ