ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވަރުގަދަ ޕޯޗުގަލް ހިފަހައްޓާލާ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ވޯލްޑް ކަޕްގެ ތާރީޙުގައި ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ.
ކީޕަރުން ނުހިމަނާ ފީފާ ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅުނު އެންމެ ދޮށީ ކުޅުންތެރިއާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި މިމެޗު ނިމުނީ 1-1 އިންނެވެ.
މެޗު ފަށައިގެން މޮޅަށް ކުޅެމުންދިޔައީ ޕޯޗުގަލްއިންނެވެ. އަދި މެޗުގެ 6 ވަނަ މިނެޓުގައި ޕޯޗުގަލްއިން ޖެހި ލަނޑާއެކު މެޗުގައި ގިނަ ލަނޑުތަކެއް ފެނިގެންދާނެކަމަށް ބެލެވުނެވެ. މިލަނޑު ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ޖޮއާ ނެވޭސްއެވެ.
މެޗުން ކޮންގޯއަށް ޕޮއިންޓެއް ހޯދައިދިން ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޕްރިމިއަރ ލީގުގެ ނިއުކާސްލްއަށް ކުޅޭ ފޯވާޑް ޔޯން ވިސާއެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނީ ޕޯޗުގަލްގެ ލަނޑު ޖަހައިދިން ނެވޭސްއެވެ.
ޕޯޗުގަލް އާއި އެއްވަރުކޮށް ކޮންގޯއިން ތާރީޙީ ޕޮއިންޓެއް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ