ގިނަ ހަރަކާތްތަކާ އެކު މިއަހަރުގެ ބޮޑު އީދު މާލޭގައި ތިން ދުވަހަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - 'އީދު ހަވީރު 1447'ގެ ނަމުގައި މި ހަރާކާތްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ، އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ. މި ހަރަކާތްތަކުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 ކުންފުންޏަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ތަފްސީލް - މި ހަރަކާތްތައް އޮންނާނީ، މިމަހުގެ 27 އިން 29ގެ ނިޔަލަށް، ތިން ދުވަހަށް ބަހާލައިގެން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން އިރުއޮއްސި 6 އަށެވެ.
މާލޭގައި މި ހަރަކާތްތައް ކުރިއަށްދާނީ، ސަލްޓަން ޕާކާއި ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކަކީ:
ވޯޓާ ފައުންޓެއިން
ފޯމް ބާތު ޕޫލް
ރެޕަލިން ކުރުން
ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުން
މީގެ އިތުރުން، އީދުގެ ދެވަނަ ދުވަހު މާލޭގައި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިން ހާއްސަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މި ހަރަކާތް ހުޅުމާލޭގައި އޮންނަނީ އީދުގެ ފުރަތަމަ ދުވަހެެވެ.
ހުޅުމާލޭގައި އީދު ހަރަކާތްތައް އޮންނަނީ، ސެންޓްރަލް ޕާކާއި ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ. އެގޮތުން:
ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިން ކުރުމާއި ވޯޓާ ސްލައިޑިން އާއި ފޯމް ބާތު ޕޫލުގެ ހަރަކާތްތައް އޮންނާނެ
ހިޔާ ޕާކުގައި، ފަޔާ އިކުޕްމަންޓްސް ދައްކާލުމާއި ޓޭބަލް ލެޑާއަށް އެރުން ފަދަ ހަރަކާތްތައް އޮންނާނެ
ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި ވެސް މި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކި ކަހަލަ ކުޅިވަރުގެ ހަރަކާތްތައް އިންތިޒާމް ކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި އަހަރުގެ އީދު ހަވީރުގައި ބައިވެރިވާ ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިޔުއެސްއީ، ވެމްކޯއާ، އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް، މިފްކޯ، އާރުޑީސީ، އެޗްޑީސީ އަދި އެފްޑީސީ ހިމެނެ އެވެ.
މާލެ ސަރަހައްދުގައި 3 ދުވަހަށް ކުލަގަދަކޮށް އީދު ފާހަގަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ