ހުޅުމާލޭ ހާފްވޭ ހައުސްގައި މަސްތުވާތަކެތި ބޭނުންކުރުމުން ތިން އަހަރުގެ ޖަލު ހުކުމެއް

ހުޅުމާލޭ ހާފްވޭ ހައުސްއަށް މަސްތުވާތަކެތި ވައްދައި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 
ޖޫން 18، ގައި އެ ކޯޓުން މި ހުކުމް އިއްވީ ދަފްތަރު ނަންބަރު 4539، މުހައްމަދު ޝާހިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. 
އޭނާ ހާފްވޭ ހައުސްއަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރާކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ގޮސް އޭނާ ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ޖިންސުގެ ސޯޓުގެ ޖީބުން ފެނުނު ކަރުދާސްކޮޅުގައި 0.1241 ގްރާމް ޑައިމޯފިން ހުރި ކަމަށް ތަހުލީލު ރިޕޯޓުން ވަނި ދައްކާފަ އެވެ، 
އޭނާގެ މައްޗަށް ސާބިތުވީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު އޭނާ ޖަލުގައި ހޭދަކުރަން ޖެހެނީ ދެ އަހަރާއި 11 މަހާއި އެއް ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ