މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އަލުން އައްޔަންކޮށް، އެ ކޮމިޓީގެ މުގައްރިރުކަން ދީފި އެވެ.
އެނގުން މުހިންމު - ރައީސް މުހައްމަދު މުއިއްޒުއާ ޖެހުނު ހިޔާލު ތަފާތުވުމެއްގައި އަސްމާ، އިޖުތިމާއީ ކޮމިޓީން ވަކިކޮށްފައި ވަނީ، މިދިޔަ އަހަރު ފަހުކޮޅު އެވެ. އެގޮތުން:
ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ޖަލްސާގައި ރައީސާ ކުރަން ބޭނުންވާ ސުވާލު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާ ހިއްސާކޮށްދޭން އެދި އެ މެންބަރު ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގެ ސަބަބުން ރައީސްގެ ނުރުހުން އަސްމާއަށް ރައްދުކުރެއްވި
އެ މައްސަލައިގައި އަސްމާ މައާފަށް އެދުމަށް ވެސް ރައީސް އޮފީހުން އެންގި؛ އެ އެންގުމާ އެކު އޭނާ މައާފަށް ވެސް އެދިވަޑައިގެންނެވި
އަދި މި މައްސަލަގަނޑު ތެރޭ އިޖުމާއީ ކޮމެޓީގެ މުގައްރިރުކަމުންނާއި ކޮމެޓީގެ މެންބަރުކަމުން ވަކިކޮށް، އަސްމާގެ ބަދަލުގައި އެ ކޮމެޓީއަށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އައްޔަންކޮށްފައިވޭ؛ އަދި ކޮމިޓީގެ މުގައްރިރަކަށް މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އައްޔަން ކުރި
ތަފްސީލު - މިއަދުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި، އަސްމާ ވަނީ އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ.
އެ ބައްދަލުވުމުގައި ގާތްގަނޑަކަށް ހުރިހާ ބައެއް މައިކް އޮފް ކޮށްލައިގެން ވާހަކަ ދެއްކުމުން ޔޫޓިއުބް ލައިވްއަށް ދެއްކި ވާހަކައެއް ނާރަ އެވެ.
ނަމަވެސް 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އަސްމާ އަލުން އެ ކޮމިޓީއަށް އައްޔަންކޮށް، ކޮމިޓީގެ މުގައްރިރަކަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ނައިބު މުގައްރިރަކަށް ކުރިން ނައިބު މުގައްރިރަކަށް ހުންނެވި މުސްތަފާ ވަނީ ހަމަ ޖައްސާފަ އެވެ.
ގުޅުން ހުރި - ފަސް މަސްދުވަސް ފަހުން އަސްމާ އަލުން އިޖުތިމާއީ ކޮމިޓީއަށް އައްޔަން ކުރެއްވިއިރު، އޭނާ ކަމަށް ބެލޭ މީހެއް ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާގެ އޯޑިއޯއެއް ލީކްވެ، އެ އާއިލާގެ ދެ މެންބަރަކު ސަރުކާރުގެ ވަޒީފާއިން ވަކި ކުރި އެވެ. އެގޮތުން:
ޔޫއޭއީ ސަފީރަކަށް ހުންނެވި އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި އދ.އަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާާ ރަޝީދު (އަސްމާގެ އެއްބަޑު އެއްބަފާ ކޮއްކޮ) މަގާމުން ވަކިކުރި
މުހައްމަދު ހުސައިން ޝަރީފް މިހާރު ވަނީ ސަރުކާރުގެ ތަޖުމަނާކަަށް ހަމަޖައްސާފައި އަދި ސަލްމާ ވަކިކުރަން ނެރުނު ސިޓީ ފަހުން ވަނީ ބާތިލުކޮށްފައި
އަސްމާ އަލުން އިޖުތިިމާއީ ކޮމިޓީއަށް އައްޔަންކޮށް، މުގައްރިރުކަން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ