މި މަހުގެ 14 އަދި 15 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިން އަލަށް ހުވައި ކުރެއްވި މިނިސްޓަރުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަށްފަހު ރައީސް މުއިއްޒުގެ ކެބިނެޓުން 10 މިނިސްޓަރަކު އިސްތިއުފާ ދެއްވި އެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.
އެ ބޭފުޅުން އިސްތިއުފާ ދެއްވުމުން ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ކެބިނެޓް 20 އިން 15 އަށް މަދުކުރައްވައިފަ އެވެ. އެގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އުވާލައްވައި، ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތައް އެއްކޮށްލައްވައި، އަދި އަނެއްބައި މިނިސްޓްރީގެ މަސައްކަތްތައް ބަދަލު ކުރައްވައި، އާ ފަސް ވަޒީރަކާއެކު ޖުމލަ 14 ވުޒާރާއެއްގެ ވަޒީރުކަން ދެއްވި ބޭފުޅުން ވަޒީރުކަމުގެ ހުވައި ކުރެއްވި އެވެ.
ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުންގެ މަގާމުތައް:
މި ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް މި މަހު 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އެ ދުވަހުގެ ޖަލްސާއަށް އިއްވެވުމުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް ނިންމެވީ އެ މައްސަލަ ދިރާސާ ކުރުމަށް، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވުމުން އެ ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ބޭފުޅުންނަށް ރުހުން ދޭން ކޮމިޓީން ފާސްކުރި އެވެ.
އެ ބޭފުޅުންނަށް މަޖިލީހުގެ ރުން އޮތްތޯ ވަކިވަކިން ވޯޓަށް އައްސަވައިގެން މަޖިލީހުން ރުން އޮތް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ، އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދޭން ފެންނަ ކަަމަަށް ފާސްކޮށް، މަޖިލިސް ތަޅުމަށް ހުށަހެޅި އެ ކޮމިޓީގެ ރިޕޯޓާ ގުޅިގެންނެވެ.
އާ މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ