ކުޅުދުއްފުށިން ކައްކާ ގޭސް ހުސްވެއްޖެ

ުޅުދުއްފުށިން ކައްކާ ގޭސް ހުސްވެއްޖެ އެވެ. މިރަށުގައި ގޭހުގެ ވިޔަފާރިކުރާ 'ސޭމް' އާއި 'އެތުމާ' އިންވެސް ރެއިން ފެށިގެން ގޭސް ވަނީ ހުސްވެފަ އެވެ.
ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ ސޭމުން ބުނީ ކުޅުދުއްފުއްޓަށް ގޭސް ލިބުނުން ދަތިވީ ލޮޖިސްޓިކް ގެ ދަތިކަމާ ހެދި ކަމަށެވެ.
މޯލްޑިވް ގޭހުގެ އެޖެންޓުންނަށްވެސް ވިލާ އިން ގޭސް ދޫކުރުމުގައި ދަތިތަކެއް ނޫޅޭ ކަމަށް ސޭމުން މައުލޫމާތުދެ އެވެ. އެކަމަކު ކިޔު ދިގުކަމާއި ލޮޖިސްޓިކް ދަތިކަން އުޅޭކަމަށް ސޭމުން ބުންޏެވެ.
ގޭހުގެ ދަތިކަން މުޅި ރާއްޖޭގައިވެސް އުޅޭއިރު އެންމެ ފަހުން ސޭމުން މޯލްޑިވް ގޭސް ވިއްކީ 10 ކިލޯގެ ފުޅީގައި 7 ކިލޯގެ ގޭހެވެ.
ކުޅުދުއްފުއްޓަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 60 އާއި 70 ދެމެދުގެ ގޭސް ފުޅި ވިއްކަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ގޭހުގެ ސްޓޮކެއް ކުޅުދުއްފުއްޓަށް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ