އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގުތައް ހުރި ގޮތުން، އާންމު ސަޕޯޓަރުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ގެއްލިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
48 ޓީމާއެކު ބާއްވާ މި ބޮޑު މުބާރާތުގެ ޓިކެޓް ވިއްކުމުގެ ފަހުގެ މަރުހަލާގައި، ގްރޫޕް ސްޓޭޖުގެ ބައެއް ޓިކެޓްތަކުގެ އަގު 700 ޑޮލަރަށް އަރާފައިވާއިރު، ފައިނަލް މެޗުގެ ޓިކެޓްތައް ހުރީ އެތައް ހާސް ޑޮލަރަކަށެވެ.
މި އަގުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ސަޕޯޓަރުން ބުނާ ގޮތުގައި މިއީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ޓިކެޓްގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
“އަސްލު ސަޕޯޓަރުންނާ މުބާރާތާ އޮތް ގުޅުން ކެނޑިގެން ނުދާނެ ގޮތަކަށް، ޓިކެޓްގެ އަގުތައް އަތްފޯރާ ފަށަށް ތިރިކުރުމަށް ފީފާއަށް ބާރުއަޅަން،” އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ.
ޓިކެޓްގެ އަގުތަކަށް އަންނަ ފާޑުކިޔުންތަކާ ގުޅިގެން ފީފާއިން ވަނީ ކޮންމެ މެޗަކަށް 60 ޑޮލަރުގެ ލިމިޓެޑް އަދަދެއްގެ ޓިކެޓްތަކެއް ނެރެފައެވެ. ނަމަވެސް މިއީ ސަޕޯޓަރުންގެ ކަންބޮޑުވުންތަކަށް އޮތް ހައްލެއް ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ޚާއްސަކޮށް، ރީސޭލް މާކެޓުގައި ޓިކެޓްގެ އަގުތައް މިހާރުވެސް ވަނީ އިންތިހާއަށް އުފުލިފައެވެ.
އިނގިރޭސިވިލާތުގެ ސަޕޯޓަރެއް ކަމަށްވާ ޖޯ މެކްނިކޯލް ބުނި ގޮތުގައި، އެއް މެޗު ބަލާލުމަށްޓަކައި ލޯނު ނަގަންޖެހޭ ފަދަ ހާލަތަކަށް ކަންކަން ވަނީ ގޮސްފައެވެ. ފުރޮޅުލީ ގޮނޑި ބޭނުންކުރާ މެކްނިކޯލް ފާހަގަކުރި ގޮތުގައި، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕާ ޚިލާފަށް، މިފަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވާ ފަރާތުގެ ޓިކެޓަށްވެސް އިތުރު ފައިސާ ދައްކަން ޖެހެއެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެމުން ފީފާއިން ބުނެފައިވަނީ، ވޯލްޑް ކަޕްގެ ޓިކެޓް އަގުކުރުމުގައި ބަލާފައިވަނީ މުބާރާތް ބާއްވާ ގައުމުތަކުގެ މުނިފޫހިފިލުވުމާއި ކުޅިވަރުގެ މާކެޓުގައި މިހާރުވެސް އަގުތައް ހުރި މިންގަނޑަށް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށްވެސް އިންސާފުވެރިކަމާއެކު ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި ހުޅުމާލޭގައި ގައިމައްޗަށް ޕިކަޕެއް ވެއްޓި 60 އަހަރުގެ މީހަކު މަރުވެއްޖެ ރާއްޖޭގެ ޒުވާނުންނަކީ މުސްތަގުބަލުގެ ކުރިއެރުން: މިނިސްޓަރު ރާއްޖެއަށް 36 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ