އެސް26 ޕްލަސް ރަސްމީކޮށް ނެރުމުގެ ކުރިން އޮންލައިންކޮށް ވިއްކަން ޖަހައިފި
ސެމްސަންގުން ނެރެން ތައްޔާރުވަމުން އަންނަ "ގެލެކްސީ އެސް26" ސީރީޒްގެ ފޯނުތައް ރަސްމީކޮށް އިއުލާނު ކުރުމުގެ ކުރިން، އެ ސީރީޒްގެ "ގެލެކްސީ އެސް26 ޕްލަސް" މޮޑެލްގެ ފޯނެއް އޮންލައިން ޕްލެޓްފޯމެއްގައި ވިއްކަން ޖަހައިފިއެވެ. މި ފޯނުތައް ގްލޯބަލް މާކެޓަށް ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅު ކަމަށް ވީނަމަވެސް، މިއީ ފޯނުގެ ޑިޒައިނާއި އަގުތައް ރަސްމީކޮށް ހާމަކުރުމުގެ ކުރިން އާންމުވި މައުލޫމާތުތަކެކެވެ. "އެންޑްރޮއިޑް ހެޑްލައިންސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފޯނު ވިއްކަން ޖަހާފައިވަނީ "ކްރެއިގްސްލިސްޓް" ގައެވެ. ލިސްޓިންގައި ހިމަނާފައިވާ ފޮޓޯތަކުން ފޯނު އޮންކޮށްފައި ހުރިތަން ފެންނައިރު، ފޯނުގެ ޑިޒައިން ހުރީ ގެލެކްސީ އެސް ސީރީޒްގެ ކުރީގެ ފޯނުތަކާ ދާދި އެއްގޮތް ފަރުމާއަކަށެވެ. އެގޮތުން ފްލެޓް ޑިސްޕްލޭއަކާއި ވަރަށް ހިމަ ބެޒެލް ނުވަތަ ސްކްރީންގެ ކައިރިފަށެއް އިންނައިރު، ސެލްފީ ކެމެރާއަށް ސްކްރީންގެ މެދުގައި ކުޑަ ލޯވަޅެއް (ހޯލް-ޕަންޗް ކަޓްއައުޓް) ހިމަނާފައިވެއެވެ. ފޯނުގެ ފަހަތުގެ ޑިޒައިނަށް ބަލާއިރު، ކެމެރާތައް އަތުރާފައިވަނީ ވަކިވަކި ރިންގްތަކެއްގެ ގޮތުގައި، ފަހުގެ ގެލެކްސީ ފޯނުތަކެކޭ އެއްގޮތަށެވެ. މީގައި އެއްކޮށް ގުޅުވާލާފައިވާ ކެމެރާ އައިލެންޑެއް ނުހިމެނެއެވެ. ވިއްކަން ޖަހާފައިވާ ފޯނަކީ ކަޅު ކުލައިގެ (މެޓް ބްލެކް) ފޯނެކެވެ. ރިޕޯޓުތައް ބުނާގޮތުން މިއީ މާކެޓަށް ނެރުމުގެ ކުރިން އުފައްދާފައިވާ "ޕްރީ-ރިލީޒް" ނުވަތަ އާލީ ޕްރޮޑަކްޝަން ޔުނިޓެއް ކަމަށް ބެލެވެއެވެ. މި ފޯނުގެ އަސްލު އަގު އުޅޭނެކަމަށް ލަފާކުރެވެނީ 1،269 ޔޫރޯ (ގާތްގަނޑަކަށް 1،350 ޑޮލަރު) ހިސާބުގައި --- ކްރެއިގްސްލިސްޓްގައި މި ފޯނު ވިއްކަން ޖަހާފައިވަނީ 1،650 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 25،443 ދިވެހި ރުފިޔާ) އަށެވެ. މިއީ ފޯނު ރަސްމީކޮށް ވިއްކަން ފަށާއިރު ހުންނާނެ ކަމަށް ލަފާކުރެވޭ އަގަށްވުރެ ބޮޑު އަގެކެވެ. މި ފޯނުގެ އަސްލު އަގު އުޅޭނެކަމަށް ލަފާކުރެވެނީ 1،269 ޔޫރޯ (ގާތްގަނޑަކަށް 1،350 ޑޮލަރު) ހިސާބުގައެވެ. ބެލެވޭ ގޮތުގައި ވިއްކާ ފަރާތުން މަސައްކަތްކޮށްފައިވަނީ ފޯނު ނުނިކުންނަނީސް ލިބިފައިވުމުން، އޭގެ ޑިމާންޑްގެ ފައިދާ ނަގައި ބޮޑު އަގުގައި ވިއްކާލުމަށެވެ. ސެމްސަންގުގެ އާ ފްލެގްޝިޕް ފޯނުތައް ދައްކާލުމަށް ބާއްވާ "ގެލެކްސީ އަންޕެކްޑް 2026" އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ފެބްރުއަރީ 25 ވަނަ ދުވަހު، އެމެރިކާގެ ސެން ފްރެންސިސްކޯގައެވެ. މި އިވެންޓްގައި ގެލެކްސީ އެސް26، އެސް26 ޕްލަސް އަދި އެސް26 އަލްޓްރާ ދައްކާލާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ