ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭހަށް އޯޑަރުކުރެވޭނެ އިންތިޒާމު ސްޓޭޓްފާމާގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހަމަޖައްސާފައެވެ.
ބަލިމީހުންނަށް ބޭނުންވާ ބޭސް ފަސޭހަކާމާއެކު ފޯރުކޮށްދިނުމަށް ސްޓޭޓްފާމާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ ކުންފުނިން ވަނީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1505 ވެސް ތައާރަފްކޮށްފައެވެ. ޑރ. ޝާހް ވިދާޅުވި ގޮތުގައި މި ހޮޓްލައިންގެ މައިގަނޑު މަގްސަދަކީ، މުހިންމު ބޭސްތައް ހޯދުމުގައި އާންމުންނަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ސްޓޭޓްފާމާ އިން ތައާރަފްކޮށްފައިވާ މި ދެ ހިދުމަތުގެ ސަބަބުން ބޭހާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. ޝާހް ވިދާޅުވީ، މި ދެ ޚިދުމަތުގެވެސް ބޭނުމަކީ މުޅި ރާއްޖޭގައި ބޭސް ލިބުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ލުއި ފަސޭހަކާމާއެކު އާންމުންނަށް ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.
އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބޭސް ލިބުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެކަން ކަށަވަރު ކުރުމެވެ. އަދި ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ޒަމާނީ ނިޒާމެއް ބިނާކުރުމުގެ މަސައްކަތް ސްޓޭޓްފާމާ އިންކުރަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީ-ފާސް މެދުވެރިކޮށް ސްޓޭޓްފާމާއިން ބޭހަށް އޯޑަރުކުރެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ