ޓުއަރިސްޓް ފެސިލިޓީތަކުގެ އަދަދު 1300 އަށް

ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ދިވެހިރާއްޖޭގައި ހުޅުވާލާފައިވާ ޓޫރިސްޓު ފެލިޓީތަކުގެ ޖުމުލަ އަދަދަކީ 1,301 އެވެ. އެއީ 180 ރިސޯޓު، 933 ގެސްޓުހައުސް، 172 ސަފާރީ، 16 ހޮޓަލެވެ.
އަދި މިތަންތަނުން އޮޕަރޭޝަނަށް ގެނެސްފައިވާ އެނދުގެ އަދަދު ވަނީ 67,689 އަށް އިތުރުވެފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 45,035 އެނދާއި ގެސްޓު ހައުސްތަކުގެ 16,535 އެނދާއި ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,507 އެނދާއި ހޮޓާތަކުގެ 2,612 އެނދެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ބެޑް ކެޕޭސިޓީއަކީ 68,675 އެނދެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 711,412 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ފާއިތުވި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންނަށްވުރެ 1.6 އިންސައްތަ ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ