ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރ ކުރިއަށްދަނިކޮށް ބަޑިޖެހި މީހާ ހުރީ ހައްޔަރުކޮށްފައި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ ރޭގަނޑުގެ ފަރިއްކޮޅު ކުރިއަށް ދިޔަ ވަގުތު، ބަޑިއާއި ވަޅި ހިފައިގެން ހުރި މީހަކު އެ އިމާރާތުގެ ލޮބީ ތެރެއަށް ވަދެގަނެ، ބޯލްރޫމާ ދިމާލަށް ދުއްވައިގަތެވެ. ބަޑިޖެހި އަޑަށް އެތަނަށް ހާޒިރުވެ ތިބި މެހެމާނުން މޭޒުތަކުގެ ދަށަށް ވަދެ ރައްކާތެރިކަން ހޯދިއިރު، ސީކްރެޓް ސާވިސްގެ އެޖެންޓުންނާއި އެ މީހާއާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.
މި ހާދިސާގައި ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުވެއެވެ. އޭނާ ވަނީ ވަގުތުން ސްޓޭޖުން ބާލައި ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، ހަތިޔާރު ހިފައިގެން ހުރި އެ މީހަކީ ފަރިއްކޮޅު ބޭއްވި ވޮޝިންޓަން ހިލްޓަންގެ މެހެމާނެކެވެ. ހޯމަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބެލެވެއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި ބަޑި ޖެހުމުގައި އޭނާއާއިއެކު އިތުރު މީހަކު ބައިވެރިއެއް ނުވެއެވެ. ނަމަވެސް އޭނާ ހަމަލާދޭން އުޅުނީ ކާކަށް ކަމެއް ނުވަތަ އެކަން ކުރި މަގްސަދެއް ފުލުހުން ހާމައެއް ނުކުރެއެވެ.
"ތިމާއަކީ ނުފޫޒުގަދަ މީހަކަށް ވާނަމަ، އެމީހުން ތިމާގެ ފަހަތުން އަންނާނެ. ނުފޫޒެއް ނެތް ނަމަ، އެމީހުން ތިމާ ދޫކޮށްލާނެ،" ހާދިސާއަށް ދެ ގަޑިއިރު ފަހުން ވައިޓް ހައުސްގައި ހުންނަވައި، ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ބައިވެރިވި ޑިނަރ ކުރިއަށްދަނިކޮށް ބަޑިޖެހި މީހާ ހުރީ ހައްޔަރުކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ