އެލް މޮބައިލްގެ އެޕަލް މޮނޯ ސްޓޯރާ ގުޅިގެން، އެ ފިހާރައިން ގަންނަ އެޕަލް ވޮޗްތަކަށް ހަ މަސް ދުވަހުގެ ހިލޭ އީސިމް ޚިދުމަތް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.
އީސިމް އަކީ ފޯނާ ވަކިން ގަޑި ފަދަ ޑިވައިސްތައް މޮބައިލް ނެޓްވޯކަށް ގުޅައިދޭ ޑިޖިޓަލް ސިމެކެވެ. މި ޕްރޮމޯޝަންގެ ދަށުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެލް ސްޓޫޑިއޯއިން އެޕަލް ވޮޗް ގަންނަ ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހަ މަސް ދުވަހުގެ އީސިމް ކަނެކްޓިވިޓީ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ޕްރޮމޯޝަން މުއްދަތު ހަމަވުމަށްފަހު މަހަކު 199 ރުފިޔާ ދައްކައިގެން މި ޚިދުމަތް ކުރިއަށް ގެންދެވޭނެއެވެ.
މި ޚިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތް ނަމަވެސް އެޕަލް ވޮޗް މެދުވެރިކޮށް ފޯނު ކުރުމާއި، މެސެޖު ފޮނުވުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
ރާއްޖޭގައި އެޕަލް ވޮޗްގެ ވޭރަބަލް ކަނެކްޓިވިޓީ ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ މޯލްޑިވްސް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އުރީދޫ ގްރޫޕުގެ ތެރެއިން އެޕަލް ވޮޗްގެ އީސިމް ޚިދުމަތް ތައާރަފުކުރި ތިން ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.
މި ޕްރޮމޯޝަން
ހާއްސަކޮށްފައިވަނީ އެލް މޮބައިލްގެ އެލް ސްޓޫޑިއޯ ފިހާރަ (އެޕަލް މޮނޯ ސްޓޯރުން) ގަންނަ
އެޕަލް ވޮޗްތަކަށެވެ. މިއީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކާއި އުރީދޫގެ
ޒަމާނީ ކަނެކްޓިވިޓީ ޚިދުމަތް އެއްތަނަކުން ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް
ލިބިގެންދާ ކަމެކެވެ.
އެލް ސްޓޫޑިއޯއިން ގަންނަ އެޕަލް ވޮޗަށް އުރީދޫ އީސިމް ހަ މަހަށް ހިލޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ