ފަލަސްޠީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމާ ދެކޮޅަށް އެއްވުމެއް ބާއްވަނީ

އިސްރާއިލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމާއި ދެކޮޅަށް، ރާއްޖޭގައި މާދަމާ އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއެއްވުމަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމްއިއްޔާ އެއް ކަމަށްވާ އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ އެއްވުމެކެވެ. އެއްވުން އޮންނާނީ މާދަމާ ހަވީރު 16:00 ގައި އާޓފިޝަލް ބީޗުގައި ކަމަށް އިސްރާ އެސޯސިއޭޝަނުން ބުނެއެވެ. ރާއްޖޭގެ އިތުރުން، ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މާދަމާ މިހަރަކާތް އޮންނާނެކަމަށް އިސްރާ އެސޯސިއޭޝަނުން ބުނެއެވެ.
އިސްރާ އެސޯސިއޭޝަނުން ބުނީ އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް އިޒްރާއިލުން ޤާނޫނަކުން ނިންމާފައިވާއިރު އެއީ އެއްވެސް ދީނެއްގައި އަދި ތާރީޚުގައިވެސް މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ޙައްގުތަކާ ޚިލާފު އަމަލުތަކެއް ކަމަށާއި އެކަންކަން ހުއްޓާލަން ގޮވާލާ މާދަމާގެ އެއްވުމުގައި އަޑުއުފުލާނެ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ