ޝޮޕިން މޯލެއްގައި އަލިފާން ރޯވެ މަރުވި މީހުންގެ އަދަދު 03 އަށް ވުރެމައްޗަށް

ޕާކިސްތާނުގެ ވިޔަފާރީގެ ވެރިރަށް ކަމަށްވާ ކަރާޗީގެ ބޮޑު ޝޮޕިން މޯލެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައި މަރުވި މީހުންގެ އަދަދު 30 އަށް ވުރެ މައްޗަށް ގޮސްފައިވާކަމަށް އޮފިޝަލުން ބުނެފިއެވެ.
މި އަލިފާންގަނޑު ރޯވެފައި ވަނީ މި ހޮނިހިރު ދުވަހު ކަރާޗީގެ އެންމެ ބިޒީ އަދި އެންމެ ތާރީހީ ވިޔަފާރި ސަރަހައްދު ކަމަށްވާ އެމްއޭ ޖިނާހު މަގުގައި ހުންނަ ގުލް ޕްލާޒާ ޝޮޕިން ސެންޓަރުގައެވެ.
ކަރާޗީގައި ހުންނަ ޑެޕިއުޓީ ކޮމިޝަނަރު ސައުތު އޮފީހުން އެންމެ ފަހުން ނެރުނު ލިސްޓުން ދައްކާ ގޮތުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 81 މީހުންގެ ވަނި ގެއްލިފައެވެ. މި މީހުން ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު އެ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ރެސްކިއު ޓީމުތަކުން ދަނީ މިހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ