54 ފުޅި ބަނގުރަލާ އެކު 4 ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓުކޮށްލަނީ

ގަވާއިދާ ޚިލާފަށް ބަނގުރާ ވިއްކައި ވިޔަފާރިކުރުމުގެ ތުހުމަތުގައި އަވައްޓެރި ބަންގްލަދޭޝަށް ނިސްބަތްވާ ހަތަރު މީހުން ހައްޔަރުކޮށް، ޑީޕޯޓުކޮށްލަން ނިންމައިފިއެވެ. އެ މީހުން ހައްޔަރުކުރި އަންގާރަ ދުވަހު ފުލުހުންގެ ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސިޕޮން އަލީ (21)އާއި ޖުވެލް ރަނާ (32އ)އާއި އެމްޑީ ނަޒްރުލް އިސްލާމް (20)އާއި އެމްޑީ އިބްރާހީމް(22އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. އެ މީހުން ހައްޔަރުކޮށް، މާލޭ މާފަންނު ގެއެއް ބަލައިފާސްކުރިއިރު 54 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، އެ މީހުން ގެންގުޅުނު ސައިކަލު ވެސް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކުރި ހަތަރު މީހުން ވެސް މިހާރުވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ