ސިވިލް ސާވިސްގެ އާ ގަވައިދު: "އަންހެނުން ހެދުން އެޅުމުގައި ކަރުވަޅާއި ބުޑު ނިވާކުރަންޖެހޭނެ"
ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން ސިވިލް ސާވަންޓުންގެ ހެދުން ހުންނަންޖެހޭ ދިގުމިނާއި ގޮތް ތަފްސީލްކޮށް ސިވިލް ސާވަންޓުން ހެދުން އެޅުމުގެ ގަވައިދު އިސްލާހުކޮށްފިއެވެ. އިސްލާހުކޮށްފައިވާ ގަވައިދަށް ވަނީ ދެ މާއްދާއެއް އިތުރުކޮށްފައެވެ. އެއް މާއްދާއަކީ ފިރިހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް އިތުރުކުރި ތަފްސީލްތަކެކެވެ. އެއާއެކު އަންހެން ސިވިލް ސާވަންޓުން އަޅާ ހެދުމުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ. މި ހެދުން ހުންނަންވާނ،ީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށެވެ. އަދި މި ހެދުމަކީ އޮފީހުގެ މާޙައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ހެދުމެއްކަމުގައި ވާންވާނެއެވެ. އަދި ފަޓުލޫނު ނުވަތަ ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާޙައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗެހިކަމުގައިވާންވާނެއެވެ. މީގެ އިތުރުން ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނ،ީ ނިވައިވާ ގޮތަށް ކަމަށް އިސްލާހުގައިވެއެވެ. އަދި އަތްކުރު ހެދުމެއް ނަމަ އަތްހުންނަންވާނ،ީ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށް ވުރެ ކުރުނުވާ ގޮތަށް ކަމަށް ވެސް ގަވައިދުގައިވެއެވެ. އަތްދިގު ހެދުމެއް ނަމަ ހެދުމުގެ އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށެވެ. ހަމައެއާއެކު ހެދުމުގެ މަތީބައ،ި ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަ ނަމަ ފަޅައިފައި ހުންނަބައި ހުންނަންވާނީ، މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި، އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށް ގަވައިދުގައިވެއެވެ. އަދި މިފަދަ ހެދުމުގެ ދިގުމިން ހުންނަންވާނ،ީ ބުޑުގެތިރީ ކައިރިންފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށް ކަމަށް ވެސް ގަވައިދުގައިވެއެވެ. އަދި ފޮތި ވާންވާނީ އޮފީހުގެ މާޙައުލާ ގުޅޭ ފޮއްޗަކަށް ކަމަށް ވެސް ގަވައިދުގައިވެއެވެ. އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް އިސްލާހުތަކެއް ގެނައި މީގެ ހަފުތާތަކެއް ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އާންމު ރައްޔިތަކު އެ ކަމާ ގުޅޭގޮތުން ޝުއޫރުތަކެއް ފާޅުކުރި ފަހުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ