އިރާޤުގެ އާ ބޮޑުވަޒީރުކަމަށް ނަން ހުށަހެޅި ޒައިދީއަށް ޓްރަމްޕް މަރުޙަބާ ކިޔައިފި

އިރާޤުގެ އާ ބޮޑުވަޒީރުކަމަށް ނަން ހުށަހަޅާފައިވާ އަލީ އަލް-ޒައިދީއަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު މަރުޙަބާ ކިޔައިފިއެވެ.
އިރާޤުގެ ބޮޑުވަޒީރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބުރާސްފަތި ދުވަހު ކުރި ފޯން ކޯލެއްގައި ޓްރަމްޕް ވަނީ ޒައިދީ ސަރުކާރު އެކުލަވާލުމުން ވޮޝިންގޓަނަށް ޒިޔާރަތް ކުރުމަށް ދަޢުވަތު ދީފައެވެ. މި ކޯލުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ގުޅުންތަކާ ބެހޭގޮތުންނާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރިއެވެ. އަދި ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ