ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޚާންޔޫނިސްއަށް ބާރުގަދަ ހަމަލާތަކެއްދީ، އެތައް ބަޔަކު ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއިލްގެ ހައްދުފަހަނައެޅި ޔަހޫދީން
ދެމުންދާ ހަމަލާ ތަކުގެ ތެރެއިން ރޭ އިޒްރާއިލުން ޚާން ޔޫނިސް އަށް ބާރުގަދަ
ހަމަލާތަކެއް ދީފިއެވެ.
ރޭ އިޒްރާއިލުން ދިން މިހަމަލާތަކިގެ ސަބަބުން ޚާންޔޫނިސްގެ މީހުން ދިރިއުޅޭ
ރެޒިޑެންޝަލް ކޮމްޕްލެކްސް އަކަށް އަމާޒުކޮށް ދިން މިހަމަލާގެ ސަބަބުން އެތަން
ވަނީ އެއްކޮށް ހަލާކުވެފައެވެ. މި ހަމަލާގެ ސަބަބުން ގިނަ ބަޔަކު ޝަހީދު
ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ
މީހުންގެ ޢަދަދު ގިނަ އިރު ޒަޚަމްވީ މީހުންގެ ޢަދަދު ލަފާކުރަންވެސް އަދި ވަނީ
ނޭގިފައެވެ.
ޚާންޔޫނިސްގެ އިތުރުން ރޭ ވަނީ ރަފާހް އަށްވެސް ރޮކެޓް ހަމަލާތަކެއް ދީފައެވެ.
މިހަމަލާތައްވެސް ދީފައިވަނީ ޢާންމުން ދިރިއުޅޭ ގެތަކަށެވެ.
Advertisement
ފަލަސްޠީނުގެ އެތައްމިތަނަށް ވައިގެ މަގުންނާއި، ކަނޑުގެ މަގުން އަދި ފަލަސްޠީނުގެ
ބިމުގައި ތިބެގެންވެސް އިޒްރާއިލްގެ ޔަހޫދީން ދަނި ނުރައްކާތެރި އެތައް
ހަމަލާތަކެއް ދެމުންނެވެ. މިހަމަލާ ތަކުގެ ނަތީޖާއަކަށް ވެފައިވަނީ ޒަޚަމްވެފައިވާ
މީހުން ގިނަވެ ހޮސްޕިޓަލްތައް ފުރުމެވެ. ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ
އަލް ޝިފާ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދާ މީހުންގެ ޢަދަދު އެތަނުގައި އެންމެ
ގިނަވެގެން ފަރުވާ ދެވޭނެ ކަމަށް ކަނޑައަޅާއިފައިވާ ޢަދަދަށްވުރެ ގިނައެވެ.
ރަފާހް ގެ ހޮސްޕިޓަލްވެސް ވަނީ ޒަޚަމްވެފައިވާ ކުޑަކުދިންނާއި މީހުންނުން ފުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ