އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ބާއްވަން ރޭވި ހަވާއެރުވުމާއި މިއުޒިކު ޝޯ، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ނިންމައިފިއެވެ.
މިއަދު ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އައު އަހަރު ފާހަގަކުރުމަށް ބާއްވަން ރޭވި ފެސްޓިވަލުގައި ބައިވެރިވެ އެ ހަރަކާތްތައް ބެލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޝައުޤުވެރިކަން އޮތް ކަމަށެވެ.
ނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަަށް މިދުވަސްވަރު މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާތީއާއި، ގިނަ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވާތީ، ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވާނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މޫސުން ގޯސްވުމާ ގުޅިގެން އައު އަހަރު ފާހަގަކުރުމަށް ރޭގަނޑު ބާއްވަން މިނިސްޓްރީން ރޭވި ހުރިހާ ހަރަކާތްތަކެއް ފަސްކުރުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފަސްކުރި ހަރަކާތްތަކުގެ ތެރޭޣައި ހިމެނެނީ މިއުޒިކު ޝޯއާއި ލޭޒާ ޝޯގެ އިތުރަށް ހަވާ އެރުވުމެވެ.
އައު އަހަރު ފާހަގަކުރަން ބާއްވާ ފެސްޓިވަލް މޫސުން ތަންދޭ ވަގުތެއްގައި ބާއްވާނެ ކަމަށާއި، އެ ހަރަކާތްތައް ބާއްވަން ނިންމާ ވަގުތު ކަނޑައަޅައި ފަހުން އިއުލާނުކުރާނެ ކަމުގައި އެ މިނިސްޓްރީން ބުންޏެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހަވާ އެރުވުމާއި މިއުޒިކް ޝޯ ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ