ސެމްބެ ބައިވެރިވެވަޑައިގަންނަވާ ސައިކަލު ބުރެއް، މިއަދު ހަވީރު!

އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން މިއަދު ހަވީރު މާލޭގައި ސައިކަލު ބުރެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އިދިކޮޅުން ބުނީ، ”ދިވެހިންގެ ރާއްޖެ“ ނަމުގައި ބާއްވާ ވި ސައިކަލު ބުރު ފަށަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3:45 ގައި ކަމަށާ، ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށެވެ.
މި ހަރަކާތުގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ