އަންނަ ހޯމަ ދުވަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާއި މެދު ގޮތެއް ނިންމާނެ

އަންނަ ހޯމަ ދުވަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާއި މެދު ގޮތެއް ނިންމޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމާފައިވަނީ އިއްޔެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައި ވަނީ، ތަހުގީގުކުރުމަށް ފަހުގައި ކަމަށާ، އެ ދެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅޭ މިންވަރަށް، ލިޔެކިޔުން ހުންނާނެ ކަމަށެވެ.
ދެ ފަނޑިޔާރަކަށް ފިޔަވަޅު އަޅަން އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވި އިރު، ޖޭއެސްސީން އެދިފައި ވަނީ އެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުން ގޮތެއް ނިންމަންދެން އެ ފަނޑިޔާރުން މަޤާމުގެ މަސްޢޫލިއްޔަތުން އެކަހެރިކުރުމަށް ވެސް ވަނީ އެދިފައެވެ.
ޖޭއެސްސީއިން މިފަދައިން އެދުނު އިރު އެ ކޮމިޝަންގެ ރައީސް އިސްތިޢުފާދެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެމްބަރު ހިސާން ހުސެއިން ޖޭއެސްސީގެ ރައީސާ ކަމަށް ވަނީ އައްޔަންކުރައްވާފައެވެ.
 މީގެ އިތުރުން، ސުޕްރީމް ކޯޓުން ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ