އައްޑޫ މީދޫގައި ގާއިމުކުރެވިފައިވާ “އެކޯގާޑަން” ގެ މަސައްކަތަކީ އެ ރަށުގެ ކުޅީގެ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި އާންމުންނަށް ހިތްފަސޭހަ މާހައުލެއްގައި ބަލާލުމުގެ ފުރުސަތު ހޯދައި ދިނުމަށް ފެށުނު މުހިންމު މަސައްކަތުގެ ތެރެއިން ތައްޔާރު ކުރެވުނު ތަނެކެވެ. މި މަސައްކަތަކީ މީދޫގެ އަމިއްލަ ބަޔަކު އިސްނަގައިގެން، އެ ފަރާތްތަކުގެ އަމިއްލަ ޚަރަދާއި ބުރަ މަސައްކަތުން ފެށި މަޝްރޫއެކެވެ.
މި ތަން ތައްޔާރުކުރުމުގެ ކުރީކޮޅު އިސްނެގި ފަރާތްތަކުން އަމިއްލަ ޖީބުން ޚަރަދުތަކެއް ކޮށްފައިވީ ނަމަވެސް، މި މަސައްކަތުގެ އެކި މަރުހަލާތަކުގައި ގިނަ އަދަދެއްގެ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ވަނީ ލިބިފައެވެ. މީގެ އިތުރުން، އައްޑޫސިޓީ ކައުންސިލުން ވެސް މިތަނުގެ ތަރައްގީއަށް ބޮޑު ހޭދައެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިއީ ހަމައެކަނި އަމިއްލަ ފަރުދުންގެ ބާރު ހިނގާ ތަނަކަށްވުރެ ބޮޑަށް، މުޖުތަމައާއި ދައުލަތުގެ ބައިވެރިވުން އޮތް ތަނެކެވެ.
އެކޯގާޑަންއަކީ ހުޅުވިފައިވާ އާންމު ތަނަކަށްވާއިރު، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިރުޝާދު ދިނުމަށް މަގުގެ އެއްފަރާތުގައި ބޯޑެއް ބެހެއްޓިފައިވެއެވެ. ނަމަވެސް، ބައެއް ފަރާތްތަކަށް އެ ބޯޑަށް ސަމާލުކަން ނުދެވި އެތަނަށް ވަދެވޭ ފަހަރުތައް އާދެއެވެ. މިފަދަ ހާލަތްތަކުގައި، އެތަން ބަލަހައްޓާ ފަރާތުން އާންމުންނާ މުޚާޠަބުކުރުމުގައި ވަރަށް ބޭއަދަބީ އަދި ހަޑިހުތުރު ބަހުރުވަ ބޭނުންކުރާކަމުގެ ޝަކުވާ އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ. މިއީ މުޖުތަމައުގެ އަޚްލާގީ މިންގަނޑުތަކާ ޚިލާފު، ހިތާމަވެރި ކަމެކެވެ.
މިތަން ތައްޔާރުކުރި ފަރާތްތަކުން އެތަން ބަލަހައްޓަމުން ދިޔަ ނަމަވެސް، އެ ބިމަކީ އެ ފަރާތްތަކަށް ހިބައިން ދީފައިވާ ނުވަތަ ކުއްޔަށް ދީފައިވާ ބިމެއް ނޫނެވެ. އެއީ ކައުންސިލްގެ ބާރުވެރިކަން ހިގާ އާއްމު ބިމެކެވެ. ވީމާ، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަކީ އެތަނުގެ މެހެމާނުންކަމުގައި ދެކި، އެފަރާތްތަކާ މުޚާޠަބުކުރުމުގައި އިހުތިރާމާއި އަދަބުވެރިކަން އިސްކުރަންޖެހެއެވެ. އަދި މިފަދަ ތަންތަން ހިންގުމުގައި އަޚްލާގީ ވަކި މިންގަނޑުތަކެއް ހިފަހައްޓަންޖެހެއެވެ.
ސަރުކާރުން މިތަން އިތުރަށް ތަރައްގީކުރުމަށް ބަޖެޓެއް ހަމަޖައްސައި، މީދޫ ޝަމްސުއްދީން ސްކޫލާ ދިމާލުން އޮންނަ ހުރަސް މަގުން އެތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާކަމުގެ މައުލޫމާތެއްވެސް މީގެކުރިން ލިބިފައިވެއެވެ. ނަމަވެސް، މިހާރު އެތަނުގައި މަސައްކަތްކުރާ ފަރާތުން މިކަމަށް ދެކޮޅުހަދައި، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ އެކި މަހްފަލްތަކުގައި ވާހަކަދައްކަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިއީ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅުން ފަދަ ކަމެކެވެ.
މީދޫ އެކޯގާޑަނަކީ ލޯކަލް ޓޫރިޒަމަށް ފަހި، ރަށަށް އާމްދަނީ ލިބޭނެ ފަދަ ތަނަކަށް ހެދުމަށްޓަކައި އަންނަނިވި ކަންކަން ކުރުން މުހިންމެވެ:
މީދޫ ކައުންސިލުން އެކޯގާޑަން ހިންގާނެ ހަރުދަނާ އުސޫލުތަކާއި ގަވާއިދުތަކެއް އެކުލަވައިލުން.
އެތަން ބަލަހައްޓާ ފަރާތްތަކުގެ މަސްއޫލިއްޔަތާއި، އާންމުންނާ މުއާމަލާތްކުރާނެ މިންގަނޑުތައް ކަނޑައެޅުން.
ސަރުކާރުން ކަނޑައަޅާފައިވާ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސް، ފަސޭހައިން ވަދެނިކުމެވޭނެ އިންތިޒާމު ހަމަޖެއްސުން.
މިތަނަކީ އެންމެންގެ ބައިވެރިވުން އޮތް، އާންމު މަސްލަހަތު އިސްކުރެވިފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުން.
ނިންމާލަމުން ދަންނަވާނީ، މީދޫގެ ކުރިމަގަށްޓަކައި މިފަދަ ތަންތަން ބަލަހައްޓަންވާނީ ވަކި ފަރުދެއްގެ މަސްލަހަތަށްވުރެ ބޮޑަށް، މުޅި ރަށުގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ.
އެސްޕަންޔޯލްގެ މައްޗަށް ހޯދި ކާމިޔާބީއާއެކު ލަ ލީގާގެ ރޭހުގައި ރެއާލް މެޑްރިޑުން އުއްމީދު ދަމަހައްޓައިފި 2 ރަށެއްގެ ޑަބްލިއުޑީސީ އިންތިހާބު އަންނަ މަހު 20ގައި ބާއްވަން ނިންމައިފި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޖުމްލަ 7 ވޯޓުފޮއްޓެއް ބެހައްޓާނެ އެމ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ