ފަސޭހަ ރެސިޕީ: ކޮކޮނަޓް ކޭކު

85ގ ބަޓަރު
157ml ތަރުކާރީ ތެޔޮ
2 ޖޯޑު ހަކުރު
1 ޖޯޑު ސަވާ ކްރީމް
2 ސައިސަމުސާ ވެނީލާ އެސެންސް
½ ސައިސަމުސާ ކޮކޮނަޓް އެސެންސް
½ ސައިސަމުސާ ބޭކިން ސޮޑާ
1 ސައިސަމުސާ ލޮނު
5 ބިހުގެ ހުދުބައި
3 މޭޒުމަތީ ސަމުސާ ކާށި ހުނި
3 ޖޯޑް ވިޕް ކްރީމް
ބޯތައްޓެއްގައި ބަޓަރާއި ތެލާއި ހަކުރު އިލެކްޓްރިކް މިކްސަރަކުކުން އެއްކުރާށެވެ. ކްރީމީ ވަންދެން ގިރާލަން ވާނެ އެވެ.
ދެން އެއަށް ސަވާ ކްރީމާއި ވެނީލާ އެސެންސް އަދި ކޮކޮނަޓް އެސެންސް އަޅާފައި އެއްކުރާށެވެ.
އެހެން ބޯތައްޓެއްގައި ފުށާއި ބޭކިން ޕައުޑަރު އަދި ބޭކިން ސޮޑާ އާއި ލޮނު އެއްކުރާށެވެ. އެއަށް ފަހު ކުރިން އެއްކުރި ބައި މިއަށް އަޅާ އެއްކޮށްލާށެވެ. އެއަށް ފަހު ބިހުގެ ހުދުބައި އަޅާ އެއްކުރާށެވެ.
ދެ ބަޔަށް ބަހާލުމަށް ފަހު ދެ ޓްރޭގައި ކޭކްތައް އަވަނުން 175 ޑިގްރީގައި 25 މިނެޓް ފިހެލާށެވެ. ކޭކް ހިހޫވުމުން އެއް ކޭކް މަތީ ވިޕް ކްރީމް އުނގުޅާފައި އަނެއް ކޭކް ބާއްވާށެވެ. އަދި ވަށައިގެން ކްރީމް އުނގުޅާށެވެ. އެއަށް ފަހު ގާނާފައި ހުރި ކާށި ހުނި މައްޗަށް އަޅާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ