ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 169 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 195 މިލިއަން ރުފިޔާގެ ސާފު ފައިދާ އާ އަޅާބަލާ އިރު %13.5 ދަށް އަދަދެކެވެ.
ވީ ކިހިނެއް؟ - އެސްޓީއޯ އިން ބުނީ މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ދަށްވީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޒަންތައް އިތުރުވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ފައިދާ ލިބުނު ކަމަށާއި އެ މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ކުންފުންޏަށް ފައިދާވި ކަމަށެވެ.
ތަފްސީލް - އިއްޔެ އެސްޓީއޯ އިން އާންމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން އެ ކުންފުނިން ވިއްކާ ތެލުގެ އަގު ވެސް ދަށްކޮށްފައިވާތީ ކުންފުނީގެ އާމްދަނީ އަށް ވަނީ އަސަރުކޮށްފަ އެވެ.
ނަމަވެސް، ކުންފުނީގެ ހިންގުމުގެ ދާއިރާ އާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި
ހިފެހެއްޓިފައިވޭ
ތެލުގެ ވޮލިއުމް އިތުރުވެ ޖެނެރަލް
ޓްރޭޑިން، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ހެލްތްކެއާ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދަމަހައްޓާފައިވޭ
ކުންފުނީގެ އޮޕަރޭޝަނަލް އަދި އިންވެސްޓްމަންޓްތަކަށް
ބޭނުންވާނޭ ފައިސާ ހަމަޖެއްސުމަށް އެކަށީގެންވާ ފަންޑު ބެހެއްޓިފައިވޭ؛ އެއާއެކު ފުރަތަމަ ކުއާޓަރުގައި އެކަށީގެންވާ
މާލީ ނަތީޖާއެއް ވަނީ ހާސިލްކުރެވިފައިވޭ
މި އަހަރުގެ ގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ
4.02 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރު ގައި
ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %4.6 ގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވެފައިވަނީ މައިގަނޑު ގޮތެއްގައި 2024 ވަނަ
އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މަތިވެފައިވާ ބައިނަލްއަގުވާމީ ތެލުގެ އަގުތައް
އާންމު ހާލަތަށް އައުމުގެ ސަބަބުން
ތެލުގެ ވިޔަފާރި ނޫން އެހެނިހެން ދާއިރާތަކުން އެސްޓީއޯގެ ވިޔަފާރި އަށް ރަނގަޅު ކުރިއެރުންތަކެއް އެސްޓީއޯ އަށް ވަނީ ލިބިފައި
އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި
583 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި
ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މި ދަށްވުން އައިސްފައިވަނީ
މައިގަނޑު ގޮތެއްގައި ތެޔޮ ވިއްކާ އަގު ދަށްކުރުމުން
ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވޭ؛ މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ފަހު ކުއާޓަރުގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެއް
އެސްޓީއޯ އިން ބުނީ އެ ކުންފުނިން
އަމާޒު ހިފާފައިވަނީ ތެލުގެ ވިޔަފާރިއާއި ހޯލްސޭލް މާކެޓް
ފުޅާކޮށް އާ އުފެއްދުންތަކާއި އާ މުދާ މާކެޓަށް ތައާރަފުކޮށްގެން އާމްދަނީ
އިތުރުކުރުމަށް ކަމަށެވެ.
މުހިންމު އިންފްރާސްޓްރަކްޗާ މަޝްރޫޢުތައް ކުރިއަށްދާއިރު އަދި
ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުން އަންނަ އިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު
މާލީ މެނޭޖްމަންޓުގެ އެހީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނިން
ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރަށް އޮތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 169 މިލިއަން ރުފިޔާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ