އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާއިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓުކަން މިއަދު އަރުވައިފި އެވެ.
އެ ޔުނިވާސިޓީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރައީސްއަށް އަރުވާފައި ވަނީ އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އިން ފިލޯސޮފީ އިން އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމެންޓް އެވެ. އެ ޑިގްރީ ރައީސް މުއިއްޒުއަށް އެރުވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް، ތުންކޫ އަޒީޒާ އާމިނާ މައިމޫނާ އިސްކަންދަރިއްޔާ އެވެ.
މިއީ އައިއައިޔޫއެމް އިން ދިވެއްސަކަށް އޮނަރަރީ ޑިގްރީއެއް އެރުވި ފުރަތަމަ ފަހަރެވެ.
ރައީސް މުއިއްޒު މެލޭޝިޔާއަށް މި ވަޑައިގަތީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށެވެ.
އެ ދަތުރުގެ ތެރެއިން ރައީސް މުއިއްޒު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރު، ސެރީ އަންވަރު އިބްރާހިމް އާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
އައިއައިޔޫއެމްއިން ރައީސްއަށް އޮނަރަރީ ޑޮކްޓަރޭޓުކަން އަރުވައިފި އައިއައިޔޫއެމްއިން ރައީސްއަށް އޮނަރަރީ ޑޮކްޓަރޭޓުކަން އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ