ބީސީސީ އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ވާދަވެރި ޓިކްޓޮކް ޗެލެންޖެއް ފަށައިފި
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ވާދަވެރި ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ. މި ޗެލެންޖަކީ 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ޚާއްޞަކޮށްގެން ބާއްވާ ޗެލެންޖެކެވެ. މި ޗެލެންޖް ފަށާފައިވަނީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.ބީސީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ޗެލެންޖް ކުރިއަށްދާނީ އޭޕްރިލް 30 ވަނަ ދުވަހާ ހަމައަށެވެ. ޗެލެންޖުގައި، ކޮންމެ މަހަކު އެއްވަނައަށް ހޮވޭ ފަރާތަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ޗެލެންޖުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު ހޮވޭ ފަރާތަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 15،000 ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.ޗެލެންޖުގައި ބައިވެރިކުރާ ވީޑިއޯތައް ވާންޖެހޭނީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި ދިޭ އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިސްތިހާރުކޮށް، މައުރަޒަށް ޒިޔާރަތްކުރުމަށް ބާރުއަޅާ ވީޑިއޯތަކަށެވެ. އިނާމް ލިބޭ ފަރާތްތައް ކަނޑައަޅާނީ އުފެއްދުންތެރިކަމަށާއި އަމިއްލަވަންތަކަން، ކޮންޓެންޓް އަދި އެންމެ ގިނަ ލައިކް އަދި ޝެއަރ ލިބޭ މިންވަރަށް ބެލުމަށްފަހުގައެވެ.މާކްސް ދިނުމުގެ މދިނުމުގެ މިންގަނޑުގައި އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް 40%، ވީޑިއޯގެ ކޮންޓެންޓަށް 30% އަދި އެންގޭޖްމަންޓަށް (ލައިކް، ޝެއަރ އަދި ކޮމެންޓް) 30% ހިމެނެއެވެ.ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިންތިޒާމުކުރާ ޚާއްޞަ މައުރަޒެކެވެ. މި ޗެލެންޖަކީ މި މައުރަޒަށް އާންމުންގެ ޝައުޤުވެރިކަން އިތުރުކޮށް، ދިވެހިންގެ އުފެއްދުންތެރިކަން ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޙަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ