މ. ހައުސްޕްލާޒާގޭގައި މިއަދު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މ. ހައުސްޕްލާޒާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ 06:35 ހާއިރު ކަމަށާއި އެއާއެކު ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މ.ހައުސްޕްލާޒާގެ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފަޅުގެއެއްގެ ގޮތުގައި ހުރި ގެއެއް ކަމަށާއި މި ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ގޭގައި ހުރި ކުނި ތަކެއްގައި ރޯވުމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ޢިމާރާތުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.
ހައުސްޕްލާޒާގޭގައި ރޯވި އަލިފާން ނިއްވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ