ރަމަޟާން މަސް ނިމުމާއިއެކު ރޯދަހިފުމާއި އަޅުކަންކުރުމުގެ ސީޒަން ނިންމައިލުމަކީ މުސްލިމުންގެ ސިފައެއް ނޫން!

މިއަހަރުގެ ރަމަޟާން މަސް ނިމުނު ފަހުން ފާއިތުވެގެން މިދާ ދުވަސްތަކުގައި އަޅުކަންކުރެވޭ މިންވަރާއިމެދު ވިސްނާލަން އެބަޖެހެއެވެ. ސުންނަތް ރޯދަހިފޭ މިންވަރާއިމެދުގައިވެސްމެއެވެ. އެހެންވެ ތިރީގައިވާ ލިޔުން މިގެނެސްދެނީ ހަމަ ކިޔުންތެރިންނަށް ހަނދުމަ އައުކޮށްލައިދިނުމުގެ ގޮތުންނެވެ.  
ރަސޫލާ އެދުވަހު ޞަޙާބީންނާއި ސުވާލުތަކެއް ކުރެއްވެވިއެވެ. އެދުވަހު މިވެނި އަޅުކަމެއް ކުރެއްވެވީ ކޮންބޭކަލެއްތޯއެވެ؟ ކުރެއްވެވި ހުރިހާ ސުވާލުތަކެއްގެ ޖަވާބުގައި "އެއަޅުކަން ތިމަން ކަލޭގެފާނު ކުރެއްވެވީމޭ" ވިދާޅުވެވުނީ އަބޫބަކުރުގެފާނަށެވެ. އެހިނދު ޙަދީޘްފުޅު ކުރެއްވެވީ އެފަދައިން އަޅުކަންކުރާނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރެވެ. ވީމާ ސުވަރުގެ ލިބެން އޮތީ އަޅުކަންކޮށްގެންނެވެ.  
އަޅުގަނޑުމެންނަށް ސުވަރުގެ ދެވެން އޮތީ އެކަމަށް މަސައްކަތްކޮށްގެންނެވެ. އެމަސައްކަތުގައި ދޫދީގެންވާކަށް ނެތެވެ. އޮތީ އެއްވާނެއްގައި ހިފަހައްޓައިލުމެވެ. ކޮންމެ އަހަރެއްގެ ރަމަޟާން ަމސް އައުމުން އަޅުކަންކޮށްފައި ރަމަޟާން މަސް ނިމުމުން ކަންނެތްވެގެން މަޤްޞަދު ޙާޞިލުކުރެވޭކަށް ނެތެވެ. އެމީހަކަށް ކުރެވޭވަރަކުން ހެޔޮޢަމަލުތައްކުރުންމަތީގައި ދެމިތިބެންވާނެއެވެ.  
ވިސްނާށެވެ! ރަމަޟާން މަސް ނިމުމުން ފަރުޟު ރޯދަ ހިފައިނިމުނީއެވެ. ވިދިގެން މިއަންނަނީ އެހަމެ މުހިންމުކަން ބޮޑު 6 ރޯދައެވެ. ހަމައެއާއެކު ސުންނަތް ރޯދަތައް ހިފަން އޮތް ދުވަސްތައް މުޅި އަހަރުގައިވެސް ވަނީ ހިމެނިފައެވެ.  
(ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރަސާފަތި ދުވަހާއި އަދި 13،14،15 ދުވަސް ކޮންމެ މަހަކުވެސް ބައްދަލުކުރާނެއެވެ. އެމީހަކަށް ހިފޭ ވަރަކުން ސުންނަތް ރޯދަތައް ހިފުން ގިނަކުރާށެވެ! ރަމަޟާން މަސް ނިމުމަކީ ރޯދަހިފުމުގެ ސީޒަން ނިމުންކަމަށް ނުހަދާށެވެ!)  
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސް އަޑު އައްސަވައިލެއްވުމަށް:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ