2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ތަސްދީގުކޮށްފި 2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރާ ބިލު ތަސްދީގުކޮށްފި

2007 ގެ ފަހުން އުފަންވި، އަދި އުފަންވާ ހުރިހާ އެންމެންގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.
މި ބިލު ތަސްދީގުކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ސިއްހީ ދާއިރާގެ އިސްވެރިންނާއި ސަރުކާރުގެ ވަޒީރުން އަދި ސްކޫލުތަކުގެ ދަރިވަރުން ވެސް ބައިވެރިވި އެވެ. ބިލު ތަސްދީގުކުރުމަށްފަހު ރައީސް ވަނީ ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ވެސް ޖަވާބުދެއްވާފަ އެވެ.
2007 ގެ ފަހުން އުފަންވާ މީހުންނަށް ދުންފަތް މަނާކުރަން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު، އަލީ އަޝްރަގު ހުށަހެޅުއްވި ބިލު މި މަހު 13 ގައި މަޖިލީހުން ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މި ބިލު ތަސްދީގުކުރުމާއެކު މިއަދުން ފެށިގެން:
އެ ބިލުގައި ބުނެފައި ވަނީ، ބިލުގައި ހުރި ކަންކަމާ ހިލާފަށް އަމަލު ކުރާ މީހަކު 1000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރަން މަޖިލީހުން ބިލެއް ތަސްދީގު މިކުރީ ދުންފަތާ ބެހޭ މާސްޓާ ޕްލޭން ވުޖޫދުވުމުގެ ކުރިންނެވެ.
ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ރައީސް ކެބިނެޓަށް އެންގެވީ އޮކްޓޯބަރު 16، 2024، ގަ އެވެ. އެ މާސްޓާ ޕްލޭން ހަދަން ރައީސް ދެއްވި ސުންގަޑި ވެސް ވަނީ ހަމަވެފަ އެވެ. އެ މާސްޓާޕްލޭން ހެދުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ދިން ސުންގަޑިއަކީ އޮކްޓޯބަރު 27، 2024، އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ