އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ފޯނު ކޯލެއް ލިބުނުކަމަށާއި، މެދުއިރުމަތީގެ ހާލަތާއި ގުޅިގެން އިންޑިއާގެ ކަންބޮޑުވުންތައް އޭނާ އާއި ހިއްސާކުރަށްވާފައިވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިސްރާއީލުން ފަލަސްތީނަށާއި، ލުބުނާން، ސީރިޔާ އަދި ޔަމަނަށް ހަމަލާތައްދީ ހަނގުރާމަ ކުރަމުން އަންނައިރު، މިއަދު ވަނީ އީރާނަށް ހަމަލާދީ ހަނގުރާމަ ފަށާފައެވެ.
މި ހަނގުރާމައާއި މެދެ ދުނިޔެ ކަންބޮޑުވެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ފަރާތުން ފޯނު ކޯލެއް ލިބުނުކަމަށެވެ.
’’އޭނާ އަޅުގަނޑަށް މިހާރު ކުރިއަށްދާ ހާލަތާ ބެހޭ މަޢުލޫމާތު ދެއްވި، އަޅުގަނޑު އިންޑިއާގެ ކަންބޮޑުވުންތައް ހިއްސާކޮށް، އަވަހަށް އެ ސަރަޙައްދުގައި ސުލްޙަ އަދި ހަމަޖެހުން ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރިން’’ މޯދީ ވިދާޅުވެފަވެއެވެ.
އިސްރާއީލުން އަދިވެސް އީރާނަށް ހަމަލާދެމުންދާއިރު، އީރާނުން އިސްރާއީލަށް 100 ޑްރޯން ފޮނުވާލުމަށްފަހު އިތުރު ހަމަލާއެއް ދިންކަމެއް އަދި ނޭނގެއެވެ.
އިސްރާއީލްގެ ހަމަލާތަކުގައި އީރާންގެ 70 ވަރަކަށް މީހުން މިހާތަނަށް ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ވެސް ހިމެނެއެވެ.
ޝަހީދުވި އީރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުންގެ ތެރޭގައި އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރ އިން ޗީފް ހުސެއިން ސަލާމީ އާއި ޚާތަމް-އަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރސްގެ ކޮމާންޑަރ ޣުލާމްޢަލީ ރަޝީދު އާއި ނިއުކްލިއަރ ސައިންޓިސްޓް އަދި އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަންގެ ކުރީގެ އިސްވެރިޔާ ފެރެއިދޫން ޢައްބާސީ އާއި އީރާނުގެ ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމުގައި ހަރަކާތްތެރިވި އަނެއް ނިއުކްލިއަރ ސައިންޓިސްޓް މުޙައްމަދު މަހްދީ ތެހްރާންޗީ އަދި އީރާނުގެ އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބާޤިރީ ހިމެނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ނަތަންޔާހޫ ގުޅި، އިންޑިއާގެ ކަންބޮޑުވުންތައް ހިއްސާކުރިން: މޯދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ