8،000އަށް ވުރެ ގިނަ ދަރިވަރުންނާ އެކު އޯލެވެލް އިމްތިހާން ފަށައިފި

ޖުމްލަ 8،000އަށް ވުރެ ގިނަ ދަރިވަރުންނާ އެކު، މި އަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ގްރޭޑް 10 ނިންމުމަށް ފަހު ހަދާ މި އިމްތިހާނުގައި މިއަދު އޮތީ އެސްއެސްސީ އިސްލާމް މާއްދާ އެވެ.
ތަފްސީލް - މި އަހަރުގެ އިމްތިހާނަށް ބަލާއިރު:
ޖުމްލަ 8،362 ދަރިވަރުން ބައިވެރިވި
ރާއްޖޭގެ 260 ސެންޓަރެއްގައި އިމްތިހާން ހަދާނެ
އަންނަ ޖޫން މަހުގެ 11އާ ހަަމައަށް އިމްތިހާން ކުރިއަށް ދާނެ
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ އަދަދު މި އަހަރަށް ވުރެ މަދެވެ. އެގޮތުން މިދިޔަ އަހަރު އިމްތިހާން ހެދީ 7،600 ދަރިވަރުންނެވެ.
އެނގުން މުހިއްމު - އޯލެވެލް އިމްތިހާނުގައި ސަރުކާރު ސްކޫލަކުން ބައިވެރިވާ ނަމަ، ފީ ދައްކާނީ ސަރުކާރުންނެވެ. އިމްތިހާނުގައި ކޮންމެ ދަރިވަރަކު ވެސް މަޖުބޫރު ހަތަރު މާއްދާކަމުގައިވާ ދިވެއްސާއި އިސްލާމް އަދި އިނގިރޭސި އާއި ހިސާބު މާއްދާ ހަދަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ