މިއަދު ތައިލޭންޑް އަށް އައި ބިން ހެލުމާއި ގުޅިގެން އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުން މިރޭ މެންދަމު 12 ޖެހުމާއި ހަމައަށް އެއްވެސް އަގެއް ނުނެގުމަށް ހަމަ ޖެހިފައިވާ ކަމަށް އުރީދޫއިން ބުނެފިއެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ތައިލެންޑަށް މިއަދު އައި ބިންހެލުމާއި ގުޅިގެން އެގައުމަށް ގުޅުން ހިލޭ ކަން އިއުލާންކޮށް އެކްސްގައި އުރީދޫއިން ކުރި ޕޯސްޓެއްގައި ވަނީ މިވަގުތުގައި އާއިލާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެކަމަށް އުއްމީދުކުރާކަމަށް ބުނެފައެވެ.
7.6 މެގްނިޓިއުޑްގެ ބާރުގައި މިޔަންމާ އަށާއި ތައިލެންޑަށް މި ބިންހެލުން އައީ ރާއްޖެ ގަޑީން ހެނދުނު 11:32 ގައެވެ.
Advertisement
ބިންހެލުމާއި ގުޅިގެން ތައިލެންޑްގެ މަގުތައް ކަނޑައިގެން ގޮަސް ބޮޑެތި ވަޅުގަނޑުތަކާއި ބާގަނޑުތައް ވަނީ ހެދިފަ އެވެ. އަދި ބައެއް އިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތަައް ވެފައިވާއިރު، ދެ ގައުމުގައި ދިރިއުޅޭ މީހުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.
ބިންހެލުމާއު ގުޅިގެން ތައިލެންޑާއި މިޔަންމާގައި ވެސް ކުއްލި ހާލަތު އިއުލާނު ކޮށްފައި ވާތީ، އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާ އެއްގޮތަށް އަމަލު ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ކާރިސާއާ ގުޅިގެން، ތައިލެންޑުގައި ތިބި ދިވެހިންގެ ތެރެއިން އެއްވެސް އެހީތެރިކަމެއް ބޭނުންވާ މީހުން ނުވަތަ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ދިވެހި ސަރުކާރުން އެދެ އެވެ.
މިޔަންމާގައި މިވަގުތު އެއްވެސް ދިވެއްސަކު އުޅޭ ނަމަ އަދި އެއްވެސް އެހީތެރިކަމެއް ބޭނުން ނަމަ ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހޮޓްލައިން ނަންބަރު: 611766502 66+ ގުޅުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ. މިނިސްޓްރީ ހޮޓްލައިން ނަންބަރަކީ 9607983400+ އެވެ.
އުރީދޫ މެދުވެރިކޮށް ތައިލެންޑަށް ގުޅުން، މިރޭ މެންދަމާ ހަމައަށް ހިލޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ