އޭއައި ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯ އަސްލެއް ކަމަށް ހީކޮށް އަވައްޓެރި ސްރީލަންކާގެ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޗަމަރާ ސަމްޕަތު ދަސަނަޔަކޭ ވާހަކަދައްކަވައިފިއެވެ.
ދާދި ފަހުން ލަންކާގައި މަރާލި ގޭންގް ލީޑަރު ގަނޭމުއްލާ ސަންޖީވާ މަރާލުމުގައި ބައިވެރިވި ބަޑިޖެހި މީހާ ބަޠަލަކަށް ހަދައިގެން ފުލުހުން އޭނާއާއި މުއާމަލާތްކުރާ ވީޑިއޯއެއް ދައުރުވަމުންދާތީ އިދިކޮޅު މެންބަރު ދަސަނަޔަކޭ މިއަދު ވަނީ ކަމާބެހޭ ފަރާތްތަކަށް ފާޑުވިދާޅުވެފަ އެވެ. ލަންކާގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ދަސަނަޔަކޭ ވަނީ ދައުރުވަމުންދާ އެ ވީޑިއޯ އަސްލެއް ކަމަށް ގަބޫލުކޮށްފައެވެ.
ލަންކާގެ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ތަގުރީރު ކުރައްވަމުން މެންބަރު ދަސަނަޔަކޭ ވަނީ، ބަޑިޖެހި މީހާ ފުލުހުންގެ ވޭނުގައި ހުރި ގަޑީގައި އޭނާ މާ ހަމަޖެހިލައިގެން ފުލުހުންނާއި ގާތްކޮށް ވާހަކަދައްކާ ކަމަށް ބެލެވޭ ފޮޓޯތައް މީޑިއާގައި ދައުރުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ދަަސަނަޔަކޭ ވަނީ މީޑިއާތަކުން ސަންޖީވާގެ ގާތިލު ބަތަލެއްގެ ގޮތުގައި ސިފަކުރަމުްނގެންދާކަން ފާހަގަކޮށް އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.
Advertisement
އެ މައްސަލައިގެ ތަހުގީގެއް ހިންގުމަށް މެންބަރު ދަސަނާޔަކޭ ވަނީ މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ އަނަންދާ ވިޖެޕާލާއަށް ގޮވާލައްވާފައެވެ.
ދަސަނަޔަކޭއަށް ރައްދު ދެއްވަމުން މިނިސްޓަރު ވިޖެޕާލާ ވިދާޅުވީ ބަޑިޖެހުމުގެ ހާދިސާއާ ގުޅޭ ބައެއް ތަސްވީރުތައް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ކަމަށެވެ. ވިޖެޕާލާ ވަނީ އެފަދަ ކަންކަން މަޖިލީހަށް ހުށަހެޅުމުގެ ކުރިން ފެކްޓް ޗެކް ކުރުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ސްރީ ލަންކާގެ ގޭންގް ލީޑަރެއް ކަމަށް ތަހުމަތު ކުރެވޭ ގަނެމުއްލާ ސަންޖީވާ، ބަޑިން ހަމަލާދީ މަރާލާފައިވަނީ އޭނާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށްޓަކައި ކޮލަމްބޯ ހަލްފްޓްސްޑޯޕް ކޯޓް ކޮމްޕްލެކްސް ތެރެއަށް ގޮވައިގެން ދަނިކޮށް މިމަހުގެ 19 ވަނަ ދުވަހުއެވެ. ސަންޖީވާއަށް ހަމަލާދީފައިވަނީ ވަކީލެއްކަމަށް ހެދިގެން އުޅުނު މީހެކެވެ. އޭނާގަޔަށް ބަޑިޖެހިއިރު ހަތިޔާރުއެޅި ފުލުހުން ކައިރީގައި ތިބިކަން ފާހަގަކޮށްލެވެއެވެ.
އޭއައި ޑީޕް އެޑިޓް ވީޑިއޯ އަސްލެއް ކަމަށް ހީކޮށް، ލަންކާ މަޖިލީހުގެ މެންބަރު ވާހަކަދައްކަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ