ރައީސް ޔާމީން ރާއްޖޭގެ ހުންގާނަށް ގެންނަން މުޅި ގައުމު އެބަ މަސައްކަތް ކުރޭ: ޝިޔާމް

ރާއްޖޭގެ ވެރިކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ގެނައުމަށް މުޅި ގައުމު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމުން މިއަދު އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ޕްރައިވެޓް ސެކްޓާ އޮތީ ވަރަށް ބޮޑު ދަތިކަމެއްގަ އެވެ. އެ ސެކްޓާ އުޅެނީ "ސަވައިވް ނުވެގެން" ކަމަށާއި އެފަރާތްތަކުގެ ވާހަކަތައް އަޑުއިވިފައި ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުގައި މިހާރު ތިބި ފަރާތްތައް ވެރިކަމުން ބާލައި، ގައުމުންވެސް ބާލަން ޖެހޭ ކަމަށާއި "ގައުމު އަމާން އައްސޭރިއަކަށް ގެންދެވޭނީ" އެކަން ކޮށްގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ