އިމްރާން އަބްދުﷲ އިދިކޮޅު ލީޑަރުންނަށް ފާޑުވިދާޅުވެއްޖެ

އެއްވުންތަކަށް ގޮވާލައި ރައްޔިތުންތަކެއް މަގުމައްޗަށް ނެރެ ހަމަނުޖެހުންތަކެއް ހިންގުމަށްފަހު ލީޑަރުން ތިބެނީ ފިލާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އިދިކޮޅު ލީޑަރުންނަށް މަލާމާތާ އެކު ފާޑުވިދާޅުވެއްޖެ އެވެ.ޗާގޯސް އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ އާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށް އިމްރާން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ބައެއް "ލީޑަރުން" ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގާ ރައްޔިތުން ލައްވާ ގޯސް ހަދާފައި މައިދާނުން ފިލައިގެން ދިއުން ކަމަށެވެ."ކުއްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ. ކޮންމެ ފިކުރަކަށް ނިސްބަތްވިޔަސް އެއްވެސް ރައްޔިތަކު މިގޮތައް ވިޔަނުދެއްވާ." އިމްރާން ވިދާޅުވިއެވެ."ލީޑަރުން ތިބެނީ ފިލާ. ކޮންމެ ފިކުރަކަށް ނިސްބަތް ވިޔަސް އެއްވެސް ރައްޔިތަކު މިގޮތަށް ވިޔަ ނުދެއްވާ،" ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުން ބޭއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެއި 1، 2015 ގައެވެ.އެއަހަރުގެ މެއި ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ނަމުގައި ބޭއްވި ބޮޑު އެއްވުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފައިވެ އެވެ.އިދިކޮޅު ފަރާތްތަކުން ޗާގޯސް މައްސަލައިގައި ބާއްވާ ޖަލްސާ އޮންނާނީ މިރޭ އެވެ. އެ ޖަލްސާގައި ޕީޕީއެމްގެ އިތުރުން އެމްއެންޕީ އާއި ދަ ޑިމޮކްރެޓްސް އާއި ސަރުކާރާއި ދެކޮޅު އެހެން ސިޔާސީ ލީޑަރުން ވެސް ބައިވެރިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ