ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ވަނަވަރު ހާމަކޮށްފި

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތު ހާމަކޮށްފި އެވެ.
މި މަގާމަށް ޝަައުގުވެރިވާ ފަރާތްތަކަށް މިއަދުގެ 12:00ގެ ނިޔަލަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ފުރުސަތު ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން
މުޙައްމަދު އިހްސާން / ނޫރުވާދީ, ކ.ތުލުސްދޫމުޙައްމަދު ސަމީރު / ހިތްވަރު, ރ. އިނގުރައިދޫއަހްމަދު ރިފްޝާން / ކަޝްމީރުގެ, ސ. ފޭދޫއިބްރާހީމް އިޙްސާން / އެށެވެލި, ސ.މަރަދޫއުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ, ބ. ހިތާދޫރަފީއުއްދީން އަހްމަދު / ސްނޯޑްރޮޕް, ސ. ހިތަދޫއަޙްމަދު އާދަމް / އެތުމާގެ, ގއ.ގެމަނަފުށިހުސައިން ސާލިމު / އާރު, ހއ.މާރަންދޫސިޔާމާ މުހައްމަދު / މާލެ ދަފްތަރު ރސ 13194އިބްރާހީމް ޒިހުނީ / ބިއްލޫރިޖެހިގެ, ގއ. ނިލަންދޫ
ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ރަފީއުއްދީން އަހްމަދުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އިން މިހާރުވެސް ދަނީ ބަލަމުންނެވެ. ސާބިތު ދަރަންޏަކަށް ފައިސާ ނުދައްކަވާ އޮތުމުގެ ސަބަބުން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމުގައި ހުންނަވަނިކޮށް އުއްމުކުލްސޫމް އަބޫބަކުރަކީ މަގާމުން ވަކިކުރުމަށް ޖޭއެސްސީ އިން ނިންމި ބޭފުޅެކެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސަށް މަހަކު 15،000 ރުފިޔާއާއި ރިސްކް އެލަވަންސަށް މަހަކު 3،300 ރުފިޔާ ލިބޭނެ އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް ލިބޭނެ އެެވެ.
ކްރިމިނަލް ކޯޓުގައި މިވަގުތު ގާޒީންގެ ގޮތުގައި މަސައްކަތް ކުރައްވަނީ ޖުމްލަ ނުވަ ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ