ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ބާއްވަނީ

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމެއް ހޮނިހިރު ދުވަހުގެ ހެނދުނަށް ތާވަލުކޮށްފި އެވެ.އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތުގެ ދައުވާ ކުރެ އެވެ.ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލާގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު އަޑުއެހުން ބާއްވަން ހަމަޖެއްސި ވަގުތެއް އަދި ސާފެއް ނުވެ އެވެ.މި މައްސަލާގައި މިހާރު ކުރިއަށް ދަނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިން ނެގުމުގެ މަރުހަލާ އެވެ. އެގޮތުން، މިއަދަށް ވެސް ތިން ހެއްކެއްގެ ހެކިބަސް ނެގުމަށް ޝަރީއަތެއް ތާވަލްކުރި އެވެ.އެހެންނަމަވެސް މިއަދުގެ ޝަރީއަތް ކެންސަލްކުރީ ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައިވާތީ އެވެ.ޔާމީންގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ހަތް ދިފާއީ ހެކި ހުށަހަޅާފައިވާއިރު މިހާތަނަށް ހެކިބަސް ނެގުނީ އެންމެ ހެއްކެއްގެ އެވެ. އެއީ އިއްޔެގެ އަޑުއެހުމުގައި ހެކިބަސް ނެގި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އެވެ. ރައީސް ޔާމީންގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ހަތް ދިފާއީ ހެކި ހުށަހަޅާފައިވެއެވެ.އެނގިފައިވާ ގޮތުގައި މިއަދުގެ އަޑުއެހުން ކެންސަލް ވުމުން ދައުލަތުން ވަނީ ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުގެ ސަބަބުން ޝަރީއަތް އަވަސް ކޮށްދިނުމަށް ކޯޓުގައި އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ