ގަސް އިންދުމަކީ ތިމާވެށީގެ މައްސަލަތަކަށް އޮތް ޚަރަދުކުޑަ ހައްލެއް: ރައީސް

ގަސް އިންދުމަކީ ތިމާވެށީގެ މައްސަލަތަކަށް އޮތް ޚަރަދުކުޑަ ހައްލެއްކަމަށް ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރި އޯޒޯން ދުވަހާ ގުޅިގެން ދެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ފެހިކަން އިތުރުކުރުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޔަގީންކަން ބޮޑު ހައްލެއްކަމަށެވެ.
މި އަހަރުގެ އޯޒޯން ދުވަހުގެ ޝިއާރަކީ "އެޑްވާންސިން ކްލައިމެޓް އެކްޝަން" އެވެ. މި ޝިއާރާ އެއްގޮތަށް، ރައީސް މުއިއްޒު ވަނީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު ފައްޓަވާފައެވެ. މި ޕްރޮގްރާމަކީ ރައީސްގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލެވެއެވެ.
Advertisement
ރައީސް އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްގައި އިސްކަންދެނީ ރާއްޖެއިން ނެތެމުންދާ ގަސްތައް ދިރުވައި އާލާކުރުމަށް ކަމަށެވެ. މި ގޮތުން 90 ބާވަތެއްގެ ގަސް މި ޕްރޮގްރާމްގައި އިންދުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ