އަލް ނަސްރުގެ ކޯޗުގެ މަގާމަށް ޕިއޯލީ ހަމަޖައްސައިފި

ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުގެ އައު ކޯޗުގެ މަގާމަށް ސްޓެފާނޯ ޕިއޯލީ ހަމަޖައްސައިފިއެވެ.
އަލް ނަސްރުގެ ކުރީގެ ކޯޗު، ލުއިސް ކާސްޓްރޯގެ ބަދަލުގައި މީގެ ކުރިން އޭސީ މިލާނަށް ކޯޗުކޮށްދީފައިވާ ޕިއޯލީ ހަމަޖައްސާފައިވާކަން އެ ކުލަބުން ވަނީ މިރޭ ކަށަވަރުކޮށްދީފައެވެ.
"ޕިއޯލީ އަކީ ނަސްރާވީއެއް. އަހަރެމެން އައު ކޯޗު ސްޓެފާނޯ ޕިއޯލީއަށް މަރުޙަބާ ކިޔަން،" އަލް ނަސްރުން އެކްސްގައި ޕޯސްޓްކޮށްފައިވެއެވެ.
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރުގެ ކޯޗުގެ މަގާމުން ކާސްޓްރޯ ވަކިވެފައިވަނީ، މި ސީޒަނުގެ ކުރީކޮޅު އެ ޓީމުން ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.
އުމުރުން 58 އަހަރުގެ ޕިއޯލީ ވަނީ އިޓަލީގައި މިލާނާއެކު ހޭދަކުރީ ދުވަސްވަރު އެ ޓީމާއެކު 2021 އަދި 2022 ވަނަ އަހަރުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ޕިއޯލީ އާއެކު އަލް ނަސްރުން ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ސްޓީވެން ޖެރާޑުގެ އަލް އިއްތިފާގާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ