ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނީ ރައީސް ޔާމީން ހުށަހެޅުއްވި “ޓޯޓަލް ސޮލިއުޝަން” ތަންފީޒު ކޮށްގެން: ޑރ މުޢިއްޒު

ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނީ ރައީސް ޔާމީން ހުށަހެޅުއްވި “ޓޯޓަލް ސޮލިއުޝަން” ތަންފީޒު ކޮށްގެން ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ހުޅުމާލޭ ފޭސް ދެ އަކުން މި ސަރުކާރުން ހިލޭ ގިނަ އަދަދެއްގެ ބިން ދޫކުރަން ނިންމުމާއި ގުޅިގެންނެވެ.
ޑރ މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ރައީސް ޔާމީން ހުށަހެޅުއްވި “ޓޯޓަލް ސޮލިއުޝަން” ތަންފީޒުކުރުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އެންމެ ބޮޑު ހައްލެއް ގެނެސްދޭނެ ގޮތްކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރ ކަންވެސް ކުރެއްވި ޑރ  މުއިއްޒު އިތުރަށް ވިދާޅުވީ ގުޅިފަޅު ފުއަހިދިއްގަރުފަޅާއި ގިރާވަރު ފަޅުން ބިން އުފެއްދުމަށްފަހު ހުޅުމާލެ ފޭސް 2 އަކާއެކު ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދޭން ޖެހޭކަމަށެވެ.
މި ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ‘ބިންވެރިޔާ’ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފުކޮށް ބިން ދުކުރަން ތައްޔާރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ