މެންޗެސްޓާ (އޮގަސްޓް 4) - އޭނާގެ އެންމެ ބޮޑު ޓާގެޓަކީ 20 އަހަރު ދުވަހު މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިނުން ކަމަށް މިދިޔަ ނޮވެމްބަރު މަހު އެ ޓީމާ ހަވާލުވި ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް ބުނެފި އެވެ.
މިދިޔަ ނޮވެމްބަރު މަހު، ސްޕޯޓިން ލިޒްބަން ދޫކޮށް، ޔުނައިޓެޑާ ހަވާލުވި، 40 އަހަރުގެ އަމޮރިމްއާ އެކު އެ ޓީމުން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ 15 ވަނައިގަ އެވެ. މިއީ، އެ ކްލަބްގެ ތާރީހުގައި ލީގުގައި އެންމެ ދަށް ސީޒަނެވެ. އަނެއްކޮޅުން، ޔުނައިޓެޑުން ތަށްޓެއް ހޯދައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ފުރުސަތު އޮތް ޔޫރޮޕާ ލީގުގެ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވީ އެވެ.
އަމޮރިމް އަކީ 2013 ވަނަ އަަހަރު، އަލެކްސް ފާގަސަން، 26 އަހަރު ޔުނައިޓެޑްގެ ކޯޗުކަން ކުުރުމަށް ފަހު، ރިޓަޔާކުރި ފަހުން، ޔުނައިޓެޑާ ހަވާލުވި 10 ވަނަ ކޯޗެވެ. އޭގެ ތެރޭގައި ހިމެނެނީ، ފަސް ފުލް ޓައިމް ކޯޗުންނާއި ހަތަރު ކެއާޓޭކާ/އިންޓަރިމް ކޯޗުންނެވެ. ޔުނައިޓެޑާ އެކު، އަމޮރިމް ސޮއިކުރި ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެންމެ ފަހުން، ޔުނައިޓެޑްގެ ކޯޗަކަށް ހުރި އެރިކް ޓެން ހާގް ވެސް 10 އަހަރު އެ ޓީމުގެ ކޯޗަކަށް ހުންނަން ޓާގެޓްކުރި ނަމަވެސް، ދެ އަހަރު ތެރޭ ވަޒީފާ ގެއްލުނީ އެވެ.
އަމޮރިމް ބުނީ، ޔުނައިޓެޑްގައި އޭނާގެ އަަމާޒު އޮތީ ދުރު މުސްތަގުބަލަކާ ހަމައަށް ކަމަށެވެ.
"އާނ، އަހަރެން ވިސްނަނީ ވަރަށް ދުރު މުސްތަގުބަލަކަށް، އަހަރެންގެ ޓާގެޓަކީ 20 އަހަރު މި ޓީމަށް ކޯޗުކޮށްދިނުން. އެއީ އަހަރެންގެ އަމާޒަކީ، އެ ކަމަށް އަހަރެން އަމިއްލަ ނަފްސަށް ވެސް އިތުބާރު އެބައޮތް،" އަމޮރިމް ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗު ކަމަކީ އޭނާ ފަސް އަހަރު ވަންދެން ހޯދަން ވިސްނި މަގާމެއް ކަމަށާއި އެ ޒިންމާ ބޮލުގައި އެޅުމުން ދެން އޮތީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ވިސްނައިގެން މަސައްކަތް ކުރުމަށް ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.
ފުޓްބޯޅައިގައި އެކި ކަހަލަ ތަޖުރިބާތައް ކުރަން ޖެހޭނެ ކަމަށާއި މީގެ އެންމެ މުހިންމު ކަމަކީ، ޓީމުގެ މަސްލަަހަތު އިސްކޮށް މިސްރާބު ކުރިއަށް ބަހައްޓައިގެން ދިއުން ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.
އަމޮރިމްގެ ޓާގެޓަކީ ޔުނައިޓެޑަށް 20 އަހަރު ކޯޗުކޮށްދިނުން އަމޮރިމްގެ ޓާގެޓަކީ ޔުނައިޓެޑަށް 20 އަހަރު ކޯޗުކޮށްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ